މަސައްކަތް ނުނިމި ލަސްވެފައިވާ، ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ އަގު ބޮޑުވެފައިވާތީ، އެ އަގު ކުޑަ ކުރެވޭނެގޮތެއް ހޯދުމަށް ސަރުކާރަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކުރީ މިއަދު ބޭއްވި މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާގައި، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ ވޯޓުންނެވެ.
މަޖިލީހުން މިގޮތަށް ފާސްކުރުމުގެ ކުރިން "ސިފްކޯ" އަދި "ޕޮލްކޯ" އިން ތަރައްގީ ކުރަމުންދާ ބޯހިޔާވަހިކަމުގެ މަޝްރޫއު ނިމިފައިނުވާ މައްސަލައާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީން ކަމާގުޅުންހުރި އިދާރާތަކާ، ވަނީ ބައްދަލު ކޮށްފައެވެ. އެއަށްފަހު އެކުލަވާލި ރިޕޯޓްގައި ވަނީ މާކެޓުގައި ފްލެޓް ހުރި އަގުތައް ބަލައި އަގުތަކާގުޅޭ ޕްލޭނެއް އެކުލަވާލުން މުހިންމުކަން ފާހަގަކޮށްފައެވެ. އަދި ފްލެޓް ޓަވަރުތަކުގައިވާ ކޮމާޝަލް ޔުނިޓްތަކާއި މަލްޓި ޕާޕަސް ހޯލުތައް ކުއްޔަށް ދީގެން މުވައްޒަފުންނަށް ކުލި ކުޑަކުރެވޭނެ ގޮތްތަކެއް ހޯދުމާއި، ޕޮލްކޯ އާއި ސިފްކޯއިން އެންމެ ފުރަތަމަ މަޝްރޫޢު ހަވާލުކުރިއިރު ވާދަވެރި ބީލަމަކުން ފުރުސަތުދީފައި ނުވާތީ ބިޔަ މަޝްރޫއުތައް ހަވާލުކުރާއިރު ވާދަވެރި ބީލަމަކަށް ހުޅުވާލަން ވަނީ ލަފާދީފައެވެ.
މީގެ އިތުރުން މަޝްރޫއު ކުރިއަށް ގެންދިއުމުގެ ގާބިލުކަން ހުރި ކުންފުންޏެއްތޯ ބެލުމާއި، މަޝްރޫއުތައް ކުރިއަށް ގެންދިޔައިރު އެއްވެސް ސެކިއުރިޓީ ޑިޕޮސިޓެއް އަދި ޕާފޯމަންސް ގެރެންޓީއެއް ނެތި އެޑްވާންސް ފައިސާދީފައިވާތީ އެގޮތަށް މަޝްރޫއުތައް ކުރިއަށް ނުގެންދިއުމަށް ހުށައެޅުމަށް މަޖިލީހުން ފާސްކުރި ރިޕޯޓްގައިވެއެވެ.
އެއްބަސްވުން އުވާލައި މަސައްކަތް ހުއްޓި 9 ވަރަކަށް އަހަރުވެފައިވާ ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ލަސްވެގެންދަނީ މިހާރު މަސައްކަތް ހަވާލުކުރި ކުންފުންޏާއި ހަވާލު ކުރުމުގެ ކުރިން އެތަނުގައި މަސައްކަތް ކުރި ސަބް ކޮންޓްރެކްޓަރުގެ ސަބަބުންކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ. މިހާރުވެސް މަސައްކަތްތައް ކުރިއަށްދާ ގޮތަށް ބަލާއިރު މަސައްކަތް ނިންމަން އެއްބަސްވި މުއްދަތަށްވުރެ ދެމަސް ދުވަސް ލަސްވާނެކަމަށް މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު