މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އެކުލަވާލި ހެއްކާ ބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހުށަހަޅުއްވާފައިވާ އެ ބިލު ފާސްވީ 50 މެމްބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް ފަސް މެމްބަރަކު ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށް ދެ މެމްބަރުން ވޯޓު ދެއްވިއެވެ.
މި ބިލު އެގޮތަށް ފާސްކުރީ މިއަދު ހެނދުނު ނޫސްވެރިންތަކެއް މަޖިލީހުގެ އިދާރާ ކައިރިއަށް އެއްވެ ހިމޭން އިހުތިޖާޖެއް ކޮށް އެބިލް ފާސްކުރުމާއި ދެކޮޅަށް އަޑުއުފުލާފައި ވަނިކޮށެވެ.
މި ބިލު ކޮމިޓީން ދިރާސާކޮށް ނިންމެވި ގޮތުގެ ރިޕޯޓަށް އެޓާނީ ޖެނަރަލް އޮފީހުން މިއަދު އިތުރު 15 އިސްލާހެއް ފޮނުވި ނަމަވެސް އެ އިސްލާހުތަކުގެ ތެރޭގައި ވެސް މިއަދު ނޫސްވެރިން ކަންބޮޑުވުން ފާޅު ކުރި މާއްދާއެއް ހިމަނާފައެއް ނުވެއެވެ.
ހެއްކާބެހޭ ބިލާމެދު ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އޮތް ޙައްލަކީ އައު އިސްލާޙެއް ހުށައެޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ހެއްކާބެހޭ ބިލަކީ ހައެއްކަ މަސްދުވަހުގެ މަސައްކަތް ކަމަށާއި އެޤާނޫނަކީ ބޮޑު ޤާނޫނެއް ކަމަށެވެ. އެހެންކަމުން ޤަވާއިދާ ޚިލާފަށް ޢަމަލުނުކުރެވޭނެ ކަމަށާއި ނޫސްވެރިންވެސް ރަނގަޅަށް މަސައްކަތް ކުރެއްވިނަމަ ބިލް މިހާރުއޮތްގޮތަށް ނޯންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިއަދު ފާސްކުރި ހެއްކާ ބެހޭ ގާނޫނުގެ 136 މާއްދާގެ (ހ) ގައި ބުނެފައިވަނީ މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާއަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ކަމަށެވެ. އަދި ފަނޑިޔާރަށް ލިބިފައިވާ ބާރުގެ ތެރޭގައި މަސްދަރު ހާމަކުރަން ނޫސްވެރިންނަށާއި އޭނާ މަސައްކަތްކުރާ މީޑިއާއަށް ވެސް މަޖުބޫރު ކުރެވިދާނެ ކަމަށް އެ މާއްދާގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު