ނޫސްވެރިންނާ ރައްޔިތުންގެ އަސާސީ އެތައް ހައްޤެއް ނިގުޅައިގެންފި ކަމަށް ޕީޕީއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އެކުލަވާލި ހެއްކާ ބެހޭ ބިލާ މެދު ނޫސްވެރިންނާއި ނޫސްވެރިން ތަމްސީލުކުރާ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް އެއިން ކަމަކަށް ރިއާޔަތްނުކޮށް އެ ބިލް މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
އެކަމާ ގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެކަން އެގޮތަށް ކޮށްފައިވަނީ "އިންޑިޔާގެ އޯޑަރަށެވެ." އަދި މި ބިލްގެ ނާޖާއިޒުފައިދާ ސަރުކާރުން ނަގާ ރައްޔިތުން ޖަލަށްލާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހުށަހަޅުއްވާފައިވާ އެ ބިލު ފާސްވީ 50 މެމްބަރުންގެ ވޯޓުންނެވެ.
މި ބިލު އެގޮތަށް ފާސްކުރީ މިއަދު ހެނދުނު ނޫސްވެރިންތަކެއް މަޖިލީހުގެ އިދާރާ ކައިރިއަށް އެއްވެ ހިމޭން އިހުތިޖާޖެއް ކޮށް އެބިލް ފާސްކުރުމާއި ދެކޮޅަށް އަޑުއުފުލާފައި ވަނިކޮށެވެ.
މިއަދު ފާސްކުރި ހެއްކާ ބެހޭ ގާނޫނުގެ 136 މާއްދާގެ (ހ) ގައި ބުނެފައިވަނީ މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާއަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ކަމަށެވެ. އަދި ފަނޑިޔާރަށް ލިބިފައިވާ ބާރުގެ ތެރޭގައި މަސްދަރު ހާމަކުރަން ނޫސްވެރިންނަށާއި އޭނާ މަސައްކަތްކުރާ މީޑިއާއަށް ވެސް މަޖުބޫރު ކުރެވިދާނެ ކަމަށް އެ މާއްދާގައި ވަނީ ބުނެފައެވެ.

ހެއްކާބެހޭ ޤާނޫނަށް ހުށައެޅި އިސްލާހުތަކުގެ ރިޕޯޓު ޖުޑިޝަރީކޮމިޓީއިން ނިންމާފައިވަނިކޮށް އިންޑިޔާގެ އޯޑަރަށް އެޓަރނީ ޖެނެރަލް 15 އިސްލާހެއް ހުށައަޅާ ނޫސްވެރިންނާ ރައްޔިތުންގެ އަސާސީ އެތައްޙައްޤެއް @ibusolih ނިގުޅައިގަނެފި. މިީގެ ނާޖާއިޒުފައިދާ ސަރުކާރުންނަގާ ރައްޔިތުން ޖަލަށްލާނެ
— Ahmed Shiyam (@Shiyamaldives) June 30, 2022
ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހުށަހަޅުއްވާފައިވާ އެ ބިލު ފާސްވީ 50 މެމްބަރުންގެ ވޯޓުންނެވެ.
މި ބިލު އެގޮތަށް ފާސްކުރީ މިއަދު ހެނދުނު ނޫސްވެރިންތަކެއް މަޖިލީހުގެ އިދާރާ ކައިރިއަށް އެއްވެ ހިމޭން އިހުތިޖާޖެއް ކޮށް އެބިލް ފާސްކުރުމާއި ދެކޮޅަށް އަޑުއުފުލާފައި ވަނިކޮށެވެ.
މިއަދު ފާސްކުރި ހެއްކާ ބެހޭ ގާނޫނުގެ 136 މާއްދާގެ (ހ) ގައި ބުނެފައިވަނީ މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާއަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ކަމަށެވެ. އަދި ފަނޑިޔާރަށް ލިބިފައިވާ ބާރުގެ ތެރޭގައި މަސްދަރު ހާމަކުރަން ނޫސްވެރިންނަށާއި އޭނާ މަސައްކަތްކުރާ މީޑިއާއަށް ވެސް މަޖުބޫރު ކުރެވިދާނެ ކަމަށް އެ މާއްދާގައި ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު