ފޮރިން މިނިސްޓަރ، އދ ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަކީ ވެރިކަމަށް ރުކުން ހަމަވާ ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
"އާސްކް ސްޕީކާ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރައީސް ސޯލިހް 2018 ގައި ވާދަކުރެއްވި އިރު އަބްދުﷲ ޝާހިދު ވެސް ބައްދަލުކުރެއްވި ކަމަށާއި، ކެނޑިޑޭޓެއްގެ ގޮތުގައި ނިކުންނެވުމަށް ޝާހިދު އެދިވަޑައިގެންނެވި ކަމަށެވެ. އެހެންނަމަވެސް 2018 ގައި ނިކުތުމަށް އެންމެ ރަނގަޅީ ސޯލިހް ކަމަށް ދެންނެވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ޝާހިދު އަރިހުގައި ވެރިކަމަށް ކުރިމަތިލއްވުން މަޑުކުރަން އެދިވަޑައިގެންނެވި ކަމަށާއި ޝާހިދަކީ ވެރިކަން ކުރުމަށް ހުރިހާ ރުކުނެއް ހަމަވާ ބޭފުޅެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެމްޑީޕީން ރިޔާސީ ޓިކެޓްގައި ނިކުންނާނީ 3 ވަނަ ބޭފުޅެއް ތޯވެސް ކުރިއަށް އޮތް ހަފްތާތަކުގައި ސާފުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު