މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކޮށް، ރައްކާތެރި މަގުތަކެއް އާއްމު ރައްޔިތުންނަށް ހޯދައިދިނުމަށް އެކި ދާއިރާތަކުގެ އެއްބާރުލުން ބޭނުންފުޅުވާކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ އދ.ގެ ގްލޯބަލް ރޯޑް ސޭފްޓީއާ ގުޅޭ ހައިލެވަލް ބައްދަލުވުމުގައި ތަޤްރީރުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރ ނަހުލާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކުގެ ސަބަބުން ވަކި ވަކި ފަރުދުންގެ އިތުރަށް ޤައުމަށްވެސް އޭގެ އަސަރުކުރާކަން ފާހަގަކުރެއްވިއެވެ. އަދި އެކްސިޑެންޓްތަކުގައި އާޢްމުގޮތެއްގައި މަރުވަނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންކަމަށާއި މިކަން މިގޮތަށް ދިމާވަނީ ފަރުވާކުޑަކޮށް ނުވަތަ ބާރަށް ދުއްވުމުގެ ސަބަބުންކަމަށް ނަހުލާ ވިދާޅުވިއެވެ.
މިނިސްްޓަރ ނަހުލާ ވިދާޅުވީ މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކޮށް އަނިޔާލިބޭ މީހުންނާއި މަރުވާ މީހުންގެގެ އަދަދުތައް މަދުކުރުމުގައި އެކި ދާއިރާތަކުގެ އެއްބާރުލުން ބޭނުންވާކަމެއްކަމަށެވެ. އަދި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޤައުމުތަކުން ކުރާ މަސައްކަތްތަކަށް ރާއްޖެއިން އެއްބާރުލުން ދެއްވާނެކަމަށްވެސް އެކަމަނާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

Minister @aishath_nahula participated in the High-Level Meeting on Improving Global #RoadSafety convened by @UN_PGA @abdulla_shahid. Minister delivered the country statement where she conveyed strong support of #Maldives towards Global Plan for Decade of Action for Road Safety. pic.twitter.com/l075uGwyKu
— Ministry of Transport and Civil Aviation (@MoTCAmv) July 1, 2022
މިނިސްޓަރ ނަހުލާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކުގެ ސަބަބުން ވަކި ވަކި ފަރުދުންގެ އިތުރަށް ޤައުމަށްވެސް އޭގެ އަސަރުކުރާކަން ފާހަގަކުރެއްވިއެވެ. އަދި އެކްސިޑެންޓްތަކުގައި އާޢްމުގޮތެއްގައި މަރުވަނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންކަމަށާއި މިކަން މިގޮތަށް ދިމާވަނީ ފަރުވާކުޑަކޮށް ނުވަތަ ބާރަށް ދުއްވުމުގެ ސަބަބުންކަމަށް ނަހުލާ ވިދާޅުވިއެވެ.
މިނިސްްޓަރ ނަހުލާ ވިދާޅުވީ މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކޮށް އަނިޔާލިބޭ މީހުންނާއި މަރުވާ މީހުންގެގެ އަދަދުތައް މަދުކުރުމުގައި އެކި ދާއިރާތަކުގެ އެއްބާރުލުން ބޭނުންވާކަމެއްކަމަށެވެ. އަދި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޤައުމުތަކުން ކުރާ މަސައްކަތްތަކަށް ރާއްޖެއިން އެއްބާރުލުން ދެއްވާނެކަމަށްވެސް އެކަމަނާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު