ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް މޯލްޑިވްސް އިސްލާމިކް ބެންކުން ނަގާފައިވާ ލޯނަކަށް ނުދައްކާ އޮތް ބައި ދެއްކުމަށް އޭނާގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން ހަލީމްގެ މައްޗަށް ދައުވާ އުފުލީ އޭނާ ނަގާފައި އޮތް 271،622 ރުފިޔާގެ ކްރެޑިޓް ފެސިލިޓީއެއްގެ މައްސަލައިގައެވެ. އެގޮތުން އެ ފައިސާގެ ތެރެއިން 63،000 ރުފިޔާ ނުދައްކާ ބާކީ އެބައޮތެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ 63،003 ރުދިޔާއާއި މި މުއާމަލާތާއެކު ޗެރިޓީގެ ގޮތުގައި އަރަމުންދާ ފައިސާ ޖޫން 30، 2022 އިން ފެށިގެން މީލާދީ ދެ މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު ވެސް އެ މަހަކަށް ޖެހޭ އަދަދަށްވުރެ މަދު ނޫން އަދަދެއް މޯލްޑިވްސް އިސްލާމިކް ބޭންކަށް ދައްކައި ހަލާސް ކުރުމަށް މުހައްމަދު ހަލީމަށް އަންގާފައެވެ. އޭނާގެ މައްޗަށް މި ހުކުމްކޮށްފައި ވަނީ އޭނާގެ ޣައިރު ހާޒިރުގައެވެ.

2019 ވަނަ އަހަރު ފަނޑިޔާރުކަމުން އިސްތިއުފާދެއްވި ހަލީމް މިހާރު މަސައްކަތްކުރައްވަނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބް އުފައްދަވާފައިވާ އެމްޓީޑީގައެވެ.



ކިޔުންތެރިންގެ ހިޔާލު


3

އަލިހޮއްކޮ

01-Jul-2022

މާ ސިޔާސީވެގެން މިއުޅެނީ ތިމާމެން ސަލާމަތްވާން ނެތީމައެވެ. މިމީހުން މަގާމުގައި ތިބޭއިރު ހާދަ ފައިސާއެއް ބޭނުންވާނެއެވެ. މީނައަކީ ހުރިހާ ގޭންގްތަކުގެ މިތުރެކެވެ.