ފުޓްބޯޅައިގައި ރާއްޖޭގެ އެންމެ ގިނަބައެއްގެ ސަޕޯޓާއި ލޯބި ހޯދާފައިވާ ނިއުރޭޑިއަންޓްގެ ސަޕޯޓަރުންގެ ޖާޒީއަށް ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު އެ ކުލަބުން ހުޅުވާލައިފިއެވެ.

ނިއު ރޭޑިއަންޓް ވުޖޫދުން ފުހެލުމަށް ބަޔަކު ކުރި މަސައްކަތް ނާކާމިޔާބު ކޮށްލާ، އެ ކުލަބުގެ ދަރަނި ދައްކާ ހަލާސްކޮށް ހުރިހާ ސަސްޕެންޝަނަކުން އެ ކުލަބު ސަލާމަތްވީ އިއްޔެއެވެ. އިއްޔެރޭ އެފްއޭއެމުން ވަނީ 3 އަހަރަށް ފަހު، އެ ކުލަބުގެ ސަސްޕެންޝަން އުވާލާފައެވެ.

އެއާއިއެކު ފުރިހަމަ މިނިވަންކަމާއިއެކު ކުލަބު ހިންގަން ފަށާފައިވާއިރު، ދެވަނަ ޑިވިޒަންގެ މުބާރާތްތަކުގައި ބައިވެރިވުމަށް އެ ކުލަބުން މިހާރު ވަނީ ފަރިތަކުރުންތައް ވެސް ފަށައިފަ އެވެ.

ކުރު މުއްދަތެއްގެތެރޭގައި 3.3 މިލިއަން ރުފިޔާ ދައްކައި ޚަލާސްކޮށް ކުލަބު ހިންދެމިލުމުގެ ކާމިޔާބީގައި ސަޕޯޓަރުން ބައިވެރި ކުރުމުގެ ގޮތުން، އެ ކުލަބުން މިހާރުވަނީ ސަޕޯޓަރުންގެ ޖާޒީއަށް ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.



އެ ކުލަބުން ބުނީ، މިއީ ސީދާ ގޮތުން ސަޕޯޓަރުން އެ ކުލަބުގެ ހަރަކާތެއްގައި ބައިވެރިކުރުމަށް ހުޅުވާލި ފުރުސަތެއް ކަމަށެވެ. އެގޮތުން، މި ފެށޭ ސީޒަންގެ، ސަޕޯޓަރުންގެ ޖޯޒީ މިއަދުން ފެށިގެން ޕްރީ ރިޒަރވް ކުރެވޭނެ ކަމަށާ 9547499 ނުވަތަ 9879999 އާއި ގުޅައިގެން ޖާޒީ ރިޒާވް ކުރުމަށް އެ ކުލަބުން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު