ސަލްމާން މިސްކިތުގައި މިއަދުގެ ހުކުރު ނަމާދު ވަގުތުގައި މިސްކިތުގެ މިންބަރަށް އަރާ އަޑުގަދަކުރި މީހާ ހައްޔަރު ކުރުމަށްފަހު ދޫކޮށްލައިފިއެވެ.
މިއަދުގެ ހުތުބާ ފެށުމުގެ ކުރިން، އައިއެސް ލޯގޯ ޖެހި ހެދުމެއްގައި އެ މީިހާވަނީ މިންބަރަށް އަރާ ފާތިހާ ސޫރަތް ކިޔަވާފައެވެ. އަދި ދީނީ ނަސޭަހަތް ދޭފަދަ ރާގަކަށް ދިވެހިން އެއްޗެހިތަކެއް ކިއެވެ. ނަމަވެސް މާގިނަ އިރުތަކެއްނުވެ އެ ވަގުތު މިސްކިތުގައި ތިބި ފަރާތްތަކުން ވަނީ އޭނާ އެތަނުން ބާލާފައެވެ. އަދި ފުލުހުން އެތަނަަށް އައިސް އޭނާ ހައްޔަރު ކުރިއެވެ.
ނަމަވެސް، ހައްޔަރުކުރިތާ މާ ގިނަ އިރުތަކެއް ނުވެ، މިހާރުވަނީ އޭނާ ދޫކޮށްލާފައެވެ. ފުލުހުން ބުނީ، އޭނާ ދޫކޮށްލާފައިވަނީ، ނަފްސާނީ ބަލި މީހަކަށް ވާތީ ކަމަށާއި އެ މީހާ އާއިލާއާ ހަވާލުކޮށްފައިވަނީ ރިޕޯޓްތަކަށް ބެލުމަށްފަހުގައި ކަމަށެވެ.
މި މީހާ ދޫކޮށްލުމާ ގުޅިގެން މީސްމީޑިއާގައި ގިނަބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު