4 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަންގެ ވޯޓްލުން ފަށައިގެން މިއަދު ކުރިއަށް އެބަދެއެވެ.

މިއަދު ކުރިއަށްދާ ބައި އިލެކްޝަންތަކަކީ ‏ށ. ޅައިމަގު، ށ. ކޮމަންޑޫ، ކ. ތުލުސްދޫ އަދި އއ. ތޮއްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންތަކެވެ.



އިލެކްޝަން ކޮމިޝަނުން ވިދާޅުވީ ވޯޓްލުން ކުރިއަށްދާ ހުރިހާ މަރުކަޒުތަކެއްގައިވެސް ގަޑިއަށް ވޯޓްލުން ފެށުނުކަމަށެވެ. އެގޮތުން ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 08:00 އިން ހަވީރު 16:00 އަށްކަމަށް އިލެކްޝަންސްއިން ވިދާޅުވެއެވެ.

މިއަދު ކުރިއަށްދާ ބައި އިލެކްޝަންތަކުގައި ވޯޓްލުމަށް ޖުމްލަ 9 ފޮއްޓެއް ވަނީ ބަހައްޓާފައެވެ.



ކިޔުންތެރިންގެ ހިޔާލު