ރާއްޖެއަށް މިދުވަސްވަރު މޫސުން ގޯސްވުމުން ލިބޭ ގެއްލުންތަކާއެކު އިގްތިސާދަށް އަސަރު ކުރާނެކަމަށް ރައްޔިތުންގެ މަޖިލިސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ ރާއްޖޭގެ ދެކުނަށް މޫސުމް ގޯސްވެ⁦، އުދަ އެރުމުގެ ސަބަބުން 200 އެއްހާ ގެއަށް ފެން ވަދެފައިވާ ކަމަށެވެ. މީގެއިތުރުން އިންޖީނުގެއާއި، ހޮސްޕިޓަލާއި ސްކޫލް އަދި އެއަރޕޯޓްތަކަށްވެސް ގެއްލުން ލިބިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ދުނިޔެ ހޫނުވުމާއި ގުޅިގެން ކުރިމަތިވާ މޫސުމީ މައްސަލަތަކުގެ ސަަބަބުން ރާއްޖެއަށް ދިމާވެފައިވާ ދަރަނީގެ މައްސަލައަށް އިތުރު ދަތިތައް ކުރިމަތިވާނޭކަމަށެވެ.



ރައީސް ނަޝީދަކީ ތިމާވެށީގެ މައްސަލަތަކުގައި އަޑު އުފުއްލެވުމުގައި ފާހަގަކޮށްލެވޭ ބޭފުޅެއްކަށްވާއިރު، ރާއްޖޭގެ ތިމާވެށީގެ މައްސަލަތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އެމަނިކުފާނުގެ ވެރިކަމުގައި ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މިހާރުވެސް އެމަސައްކަތް ކުރައްވަމުންދާއިރު، އެމަނިކުފާނުގެ މައިގަނޑު ވާހަކަތައް މިހާރު ހުންނަނީ އިގްތިސާދީ ކަންކަމާއި ގުޅުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު