1443 ވަނަ އަހަރު ރާއްޖެއިން ޙައްޖަށްދާ ޙައްޖުވެރިންގެ ފަހު ގްރޫޕް މިރޭ ފުރާނެއެވެ.
ޙައްޖުވެރިންނަށް ފަސޭހަކަމާއެކު އެއަރޕޯޓަށް ދިއުމުގެ އިންތިޒާމު ކަމާގުޅޭ މުއައްސަސާތަކާއެކު، ހަމަޖައްސާފައިވާއިރު މިރޭވެސް ޙައްޖާޖީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަނޑައެޅިފައިވާ ބަސްޕޮއިންޓްތަކުގައި އެހީތެރިވެ ދިނުމަށް ބޭފުޅުން ތިއްބަވާނެއެވެ.
މިރޭ ޙައްޖުވެރިން އެއަރޕޯޓަށް ގެންދިއުމަށް، މާލޭގައި ބަސްތަކުގެ ދަތުރުތައް އޮންނާނީ, މަޖީދީމަގު، ފަރީދީމަގު، އޯކިޑުމަގު، އަމީނީމަގު އަދި ބޮޑުތަކުރުފާނުމަގުގައެވެ.
މިރޭ ޙައްޖުވެރިން ފުރާއިރު، މޫސުން ގޯސްވުމާއި ގުޅިގެން ބަސް ދަތުރުކުރާ ރޫޓްތަކަށް ވަނީ ބަދަލުގެނެސްފައެވެ. އެ ގޮތުން ވިއްސާރަވެއްޖެނަމަ ޙައްޖުވެރިންނަށް ހިޔާވެވޭނެކަހަލަ ދިމާތަކަށް ވަނީ ދަތުރުތައް ހަމަޖައްސާފައެވެ.
ޙައްޖުވެރިންނާއިއެކު ބަސްތައް ދަތުރުކުރަމުންދާއިރު މި ބަސްތަކަށް ދަތިނުވާނެގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޓްރެފިކް ބަލަހައްޓާނެއެވެ. ޙައްޖުވެރިންގެ ކަންތައްތަކުގައި މާލެއާއި ހުޅުމާލެ، އަދި އެއަރޕޯޓްތެރެއިންވެސް ކަމާގުޅޭ މުއައްސަސާތަކުން ދާނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މިރޭ ޙައްޖުވެރިންގެ ފްލައިޓް ފުރާނީ ރާއްޖެގަޑިން23:30 ގައެވެ. ސައުދީ އެއާލައިންއިން ޙައްޖުވެރިންގެ ދަތުރު ހަމަޖެހިފައިވާއިރު މިރޭ 115 ޙައްޖާޖީން ފުރުމަށް ވަނީ ހަމަޖެހިފައެވެ.
މިރޭ ޙައްޖުވެރިން ފުރުވަން ވަޑައިގަންނަވާ ފަރާތްތަކަށް އަނބުރާ ވަޑައިގެންނެވުމަށް ހުޅުލޭ ޕާކިންގ އޭރިއާގައި 20:00 އިން 21:30 އަށް ބަސްދަތުރުތައް އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު