އެމެރިކާގެ 246 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކަންއަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދު ﷲ ޝާހިދު ތަހުނިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ.
ޝާހިދު ފޮނުއްވި މެސެޖުގައި، ސަރުކާރާއި ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެމެރިކާ ސަރުކާރާއި ރައްޔިތުންނަށް މިނިވަން ދުުވަހުގެ ތަހުނިޔާ އަރިސްކުރަށްވާފައި ވެއެވެ.
ޝާހިދު ވިދާޅުވީ 50 އަހަރަށްވުރެ ދިގު ތާރީހެއް އޮތް ރާއްޖެއާއި އެމެރިކާގެ ގުޅުން އެކި ދާއިރާތަކުން މިއަދު ބަދަހިވެ، ވަރުގަދަވަމުންދާކަމަށެވެ. އެގޮތުން ސަލާމަތީ ދާއިރާ، މޫސުމަށް އަންނަ ބަދަލުތައް، ޑިމޮކްރަސީ، ވިޔަފާރި އާއި އިގްތިސާދީ ދާއިރާތައް ހިމެނޭކަން ޝާހިދު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ކޯވިޑްގެ ހާލަތުގައިވެސް އެމެރިކާއިން ރާއްޖެއަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިންކަން ޝާހިދުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
ޝާހިދުގެ ވާހަކަފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމިދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި އެމެރިކާގެ ވެރިރަށް ވޮޝިންގްޓަންގައި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނެއް ގާއިމްކުރެވުމުން ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

Minister Shahid sends Independence Day greetings to the Secretary of State of the United States of America
— Ministry of Foreign Affairs 🇲🇻 (@MoFAmv) July 4, 2022
📃 Press Release | https://t.co/gFKiO7Wxf5 pic.twitter.com/H6rG4Dwsw4
ޝާހިދު ވިދާޅުވީ 50 އަހަރަށްވުރެ ދިގު ތާރީހެއް އޮތް ރާއްޖެއާއި އެމެރިކާގެ ގުޅުން އެކި ދާއިރާތަކުން މިއަދު ބަދަހިވެ، ވަރުގަދަވަމުންދާކަމަށެވެ. އެގޮތުން ސަލާމަތީ ދާއިރާ، މޫސުމަށް އަންނަ ބަދަލުތައް، ޑިމޮކްރަސީ، ވިޔަފާރި އާއި އިގްތިސާދީ ދާއިރާތައް ހިމެނޭކަން ޝާހިދު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ކޯވިޑްގެ ހާލަތުގައިވެސް އެމެރިކާއިން ރާއްޖެއަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިންކަން ޝާހިދުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
ޝާހިދުގެ ވާހަކަފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމިދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި އެމެރިކާގެ ވެރިރަށް ވޮޝިންގްޓަންގައި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނެއް ގާއިމްކުރެވުމުން ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު