ރިސޯޓަކުން ކަނޑަށް ކުނި އެޅުމާއި ގުޅިގެން 3 ލައްކަ ރުފިޔާއަށްވުރެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ޖޫރިމަނާކޮށްފައިވަނީ ވ.އަލިމަތަ ރިސޯޓްގައި ހިންގަމުންދާ ނަކައި އަލިމަތާ ރިސޯޓެވެ.
އީޕީއޭއިން ބުނީ އެ ރިސޯޓުން ކުނިވާޒާތުގެ ކުނި ކަނޑަށް އަޅާފައިވާކަމަށެވެ. އެހެންކަމުން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގަވާއިދުގެ ދަށުން 312،750 ރުފިޔާއިން އެ ރިސޯޓް އިއްޔެ ޖޫރިމަނާކޮށްފައިވާކަމަށް އީޕީއޭއިން މަޢުލޫމާތުދެއެވެ.
ޖޫރިމަނާގެ ފައިސާ ދައްކަން އީޕީއޭއިން ވަނީ އެ ފަރާތަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ.
ރިސޯޓްތަކުން މޫދަށާއި ކަނޑަށް ކުނި އެޅުމަކީ އާއްމުކަމެއް ނަމަވެސް އެ މައްސަލަ ހައްލުކުރަން އެކަށީގެންވާ ފިޔަވަޅެއް ނާޅާކަމަށް ގިނަ ބަޔަކު ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު