އަލްޖަޒީރާގެ ނޫސްވެރިޔާ ޝިރީން އަބޫ އަކްލޭހް މަރާލުމަށް ބޭނުންކުރި ވަޒަނާބެހޭގޮތުން ކުރި ތަހުލިލު ތަކުން ވަކި ނަތީޖާއަކާ ހަމައަށް ވާސިލުވެފައި ނުވާ ކަމަށް އެމެރިކާއިން ބުނެފިއެވެ.
ނޫސްވެރިޔާ ޝީރީން މަރުވެފައި ވަނީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރިއަށް ދިން ހަމަލާއެއްގައި މެއި މަހުގެ 11 ވަނަ ދުވަހު އެވެ. މޫނަށް ބަޑިޖަހައި މަރާލި ޝީރީން މަރުވީ އިޒްރާއީލުން ދިން ހަމަލާ އަކުން ނަމަވެސް އޭނާގެ ގަޔަށްއެރި ވަޒަންގެ އަސްލާ ބެހޭ ގޮތުން އިޒްރާއީލާއި ފަލަސްތީނުންވެސް ދަނީ ދެފަރާތައް ތުހުމަތު ކުރަމުންނެވެ.
އަދި މިހާދިސާ އާއި ގުޅިގެން އެމެރިކާގެ ސެކިއުރިޓީ ކޯޑިނޭޓަރު (ޔޫއެސްއެސްސީ)، އިސްރާއީލުގެ ޑިފެންސް ފޯސަސް (އައިޑީއެފް) އަދި ފަލަސްތީނުގެ އޮތޯރިޓީން، ނޫސްވެރިޔާ ގަޔަށް އެރި ވަޒަނުގެ އަސްލާ ބެހޭގޮތުން ކުރަމުން އައި ތަހުގީގުތަކުން ސީދާ ވަކިގޮތެއް ނުނިންމުނު ނަމަވެސް ޝީރީން މަރުވެފައިވަނީ އިސްރާއީލުގެ ސިފައިން ދިން ހަމަލާއަކުން ކަމަށް ބޮޑަށް ބެލެވޭ ކަމަށް ތަހުގީގުން ފާހަގަކޮށްފައިވެއެވެ. އަދި މިއީ ގަސްތުގައި ދިން ހަމަލާއެއް ގޮތުގައި ނުބެލެވޭކަމަށްވެސް އެމެރިކާގެ ސްޓޭޓް ޑިޕަރޓްމެންޓުން ހާމަކޮށްފައިވެއެވެ.
"މިއީ ގަސްތުގައި ކުރި ކަމެއް ކަމަށް ގަބޫލުކުރެވޭނެ އެއްވެސް ސަބަބެއް ޔޫއެސްއެސްސީއަށް ނުފެނުނު، އެއީ ފަލަސްތީނުގެ އިސްލާމީ ޖިހާދުގެ ފެކްޝަންތަކާ ދެކޮޅަށް އައިޑީއެފް އިސްވެ އޮވެ ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި ހިނގި ހިތާމަވެރި ހާލަތެއްގެ ނަތީޖާއެއް ކަމަށް ގަބޫލުކުރެވޭ،" ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައިވެ އެވެ.
އަދި ވަޒަން ވަރަށް ބޮޑަށް ހަލާކުވެފައި ވުމުގެ ސަބަބުން އޭގެ ހަގީގީ ވެރިފަރާތަކީ ފަލަސްތީނުތޯ އިޒްރާއީލުތޯ ނިންމުމަށް ކުރި ތަހުގީގުން ސާފު ނަތީޖާއެއް ނުނެރެވޭ ކަމަށް ޔޫއެސްއެސްސީގެ ބެލުމުގެ ދަށުން ތިންވަނަ ފަރާތެއްގެ އެގްޒެމިނަރުން ކުރި ފޮރެންސިކް އެނަލިސިސްގައި ބެލިސްޓިކް ތަޖުރިބާކާރުން ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު