ކޮވިޑް-19 އަށްފަހު ފުރަތަމަ ފަހަރަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިލިއަނެއްހާ ހައްޖުވެރިންނަށް ސައުދީ އަރަބިއްޔާ މަރުހަބާ ކިއުމަށް ތައްޔާރު ވަމުންދާއިރު އާ ވައިރަހެއް ފެތުރިދާނެކަމުގެ ބިރުވެރިކަން ގިނަބަޔަކު ދަނީ ފާޅުކުރަމުންނެވެ. އެގޮތުން މަންކީޕޮކްސް ވެގެންދާނީ ކޮވިޑަށް ފަހު ދެން ދުނިޔެ ތަހައްމަލު ކުރާނެ ނުރައްކާތެރި ސިއްހީ ކްރިސާއަކަށް ވެދާނެތޯވެސް ކަމާބެހޭ މާހިރުން ދަނީ ބަހުސް ކުރަމުންނެވެ.
އެމެރިކާގެ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް 52 ގައުމަކުން 5700 އަށް ވުރެ ގިނަ މީހުންނަށް ވަނީ މަންކީޕޮކްސް ޖެހިފައިވެއެވެ.
މީގެއިތުުރުން، މުޅި ދުނިޔޭގެ ތަފާސް ހިސާބަށް ބަލާއިރު މިއަހަރުގެ މެއި މަހުގެ މެދުތެރެއިން ފެށިގެން ގާތްގަނޑަކަށް 90 އިންސައްތަ މަންކީޕޮކްސް ކޭސް ރިޕޯޓުކޮށްފައިވަނީ ޔޫރަޕުންނެވެ. އަދި މިހަފްތާގެ ނިޔަލަށް ޔޫރަޕުގެ 31 ގައުމަކުން ވަނީ މަދުވެގެން އެއް މަންކީޕޮކްސް ކޭސް ފެނިފައެވެ. މީގެ އިތުރުން މެދުއިރުމަތީގެ ބައެެއް ގައުމުތަކުންވެސް މިހާރު ވަނީ މަންކީޕޮކްސް ފެނިފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި މަންކީޕޮކްސް އަކީ އަދި ދުނިޔޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ބިރުވެރިކަމެއްގެ ގޮތުގައި ޝަރުތު ހަމަވާ ބަލިމަޑުކަމެއްނޫނެވެ. ނަމަވެސް ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޮސް އަދަނޮމް ވަނީ މިބަލި ހަލުވިކަމާއެކު ފެތުރެމުންދާތީ ކަންބޮޑުވާކަމަށް ވިދާޅުވެ ރައްކާވެތިބުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު