އިޤްތިޞާދީ ގޮތުން ބޮޑެތި ދަތިތަކެއް ކުރިމަތިވެ ބޮޑެތި ހަމަނުޖެހުންތައް ހިނގަމުންދާތީ އިނގިރޭސި ވިލާތުގެ ރައްޔިތުން ލަންކާއަށް ދަތުރުކުރުމާމެދު އެގައުމުގެ ސަރުކާރުން ނެރެފައިވާ ޓްރަވަލް އެޑްވައިޒަރީ ނުވަތަ ދަތުރުކުރުން މަނާކޮށްފައިވާ އަމުރު އިތުރަށް ދަމަހައްޓައިފިއެވެ.

ލަންކާއަށް ދަތުރުކުރުމާމެދު އިނގިރޭސި ސަރުކާރުން ނެރެފައިވާ ޓްރަވަލް އެޑްވައިޒަރީ އިތުރަށް ދަމަހައްޓަން ނިންމިކަން އިޢުލާންކޮށް ވަނީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެނިހެން ބޭނުން ތަކުގައި ލަންކާއަށް މިވަގުތު ދަތުރު ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.

ބޭހާއި ކެއްކުމަށް ބޭނުންކުރާ ގޭހާއި ތެލާއި ކާބޯތަކެއްޗަށްޖެހި އަދި ކޮންމެހެން ބޭނުންވާ އަސާސީ ތަކެތި މަދުވެ ލަންކާގައި މުޒާހަރާތަކާއި އަނިޔާވެރިކަން އިތުރުވެފައިވާކަން ވެސް އިނގިރޭސި ސަރުކާރުން ފާހަގަކޮށްފައި ވެއެވެ.

އިނގިރޭސި ސަރުކާރުން އިތުރަށް ބުނީ، ވޭތުވެދިޔަ 70 އަހަރުގެ ތެރޭގައި ލަންކާއަށް ކުރިމަތިވެފައި ނުވާވަރުގެ އިގުތިސާދީ ބޮޑު ދަތިކަމަކާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި ލަންކާގައި މިހާރު ޕެޓްރޯލް ހުރީ ވެސް އެންމެ ދުވަހަކަށް ބޭނުންވާ ވަރަށް ކަމަށެވެ.



އިނގިރޭސި ވިލާތުން ލަންކާއަށް ޓްރެވަލް ވާނިންގ ނުވަތަ ޓްރަވަލް އެޑްވައިޒަރީ ފުރަތަމަ ނެރެފައިވަނީ 13 މެއި އިން 10 ޖޫނަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން