ސިންގަޕޫރުގައި މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ) ރޭޓް މަތިކުރަން ނިންމި ނިންމުން ފަސް ނުކުރެވޭނެކަމަށް ސިންގަޕޫރު ބޮޑުވަޒީރުގެ ނާއިބު، ލޯރެންސް ވޮންގް ވިދާޅުވެއްޖެއެވެ
މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ) ރޭޓް 7 އިންސައްތައިން 9 އިންސައްތައަށް މަތިކުރުމަށް ސިންގަޕޫރު ސަރުކާރުން ނިންމައިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ނެވެ. އެއީ، އަންނަ އަހަރު ޖެނުއަރީ 1 އަދި 2024 ވަނަ އަހަރު ޖެނުއަރީ 1 ވަނަ ދުވަހު، ކޮންމެ ފަހަރަކު އެއް ޕަސެންޓުން ޖީއެސްޓީ މަތި ކުރުމަށެވެ.
ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ޖީއެސްޓީ ބޮޑުކުރުން އިތުރަށް ފަސްކުރުމަށް ސަރުކާރުން ވިސްނާނެތޯ މަޖިލީހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވޮންގް ވިދާޅުވީ، ޖީއެސްޓީ ނެގުން ލަސްކުރެވޭކަށް ނެތްކަމާއި، މާލީ ގޮތުން ޒިންމާދާރު އަދި ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރިއަށްގެންދިއުމަށް ސަރުކާރުން ވިސްނަވާފައިވާކަމަށެވެ. އަދި ދިގުމުއްދަތުގެ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި، އެކަށީގެންވާ ވަސީލަތްތައް ހޯދުމަށް ކަށަވަރުކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިކަންކަމަށް ވިސްނައި، ބަޖެޓް 2022 ގައި އިއުލާންކުރި ގޮތަށް، ޖީއެސްޓީ ބޮޑުކުރުމާއެކު ސަރުކާރުން ކުރިއަށް ދާން ޖެހޭނެ."
"ޖީއެސްޓީ އިތުރުކުރުން އިތުރަށް ލަސްނުކުރިއްޔާ ރަނގަޅީ. މުޖްތަމައުގެތެރޭގައި އިތުރުވަމުންދާ ދުވަސްވީ މީހުންނަށް ރަނގަޅަށް އަޅާލުމަށާއި އިތުރުވަމުންދާ ސިއްހީ ހިދުމަތުގެ ހަރަދުތައް ފޫބެއްދުމަށް އަވަސް އަވަހަށް ފައިސާ ބޭނުންވާނެ،" ފިނޭންސް މިނިސްޓަރުގެ މަގާމުގައިވެސް މިވަގުތު ހުންނެވި ވޮންގް ވިދާޅުވި އެވެ.
ސިންގަޕޫރުގައި ޖީއެސްޓީ ބޮޑުކުރުމުގެ އަސަރު ކުޑަކުރުމަށް 2020 ވަނަ އަހަރު އިއުލާންކުރި 6 ބިލިއަން ޑޮލަރުގެ އެޝުއަރެންސް ޕެކޭޖަށް ވެސް 640 މިލިއަން ޑޮލަރުގެ ބޫސްޓެއް ވަނީ އިތުރުކޮށްފައިވެއެވެ. މިއާއެކު ޖުމްލަ 6.6 ބިލިއަން ޑޮލަރުގެ އެޝުއަރެންސް ޕެކޭޖެއްް ލިބޭނެ ކަމަށް ލޯރެންސް ވޮންގް މީގެކުރިން ވަނީ ވިދާޅުވެފައެވެ.
އެގޮތުން ސިންގަޕޫރުގެ ގިނަ ގޭބިސީތަކަށް ޖީއެސްޓީ އިތުރުކުރުމުން މާބޮޑު ގޮންޖެހުމެއް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރިމަތި ނުވާނެކަމަށްވެސް ވޮންގް ވަނީ ލަފާކުރައްވާފައެވެ. އަދި ޖީއެސްޓީ އިތުރުކުރުމުގެ ސަބަބުން އާމްދަނީ ދަށް ގޭބިސީތަކަށް ކުރާނެ އަސަރުވެސް ގާތްގަނޑަކަށް 10 އަހަރު ލަސްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު