ޤާނޫނީ ވަކީލް ނާޒިމް ސައްތާރުގެ ވަކީލުކަމުގެ ހުއްދަ ހިފަހައްޓައިދިނުމަށް އެދި ބާރ ކައުންސިލަށް ހުށައަޅައިފިއެވެ.

ނާޒިމް ސައްތާރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުންގެ އިދާރާއިން ބަލައި ނިމެންދެން އޭނާއަށް ދޫކޮށްފައިވާ ވަކީލު ކަމުގެ ހުއްދަ ހިފަހައްޓައި ދިނުމަށް އެދި ބާރ ކައުންސިލަށް ހުށައެޅީ ގާނޫނީ ވަކީލް އަހުމަދު ތާލިބެވެ.

ތާލިބް ހުށައެޅުއްވި މައްސަލާގައި އެދިފައިވަނީ ނާޒިމްގެ މައްޗަށް ބޮޑު ތުހުމަތެއް ކުރެވިފައިވާތީ އެ މައްސަލަ ބަލައި ނިމެންދެން ނުވަތަ ޕީޖީން ވަކި ގޮތެއް ކަނޑައަޅަންދެން ނާޒިމަށް ދޫކޮށްފައިވާ ވަކީލުކަމުގެ ހުއްދަ ހިފަހައްޓައި ދިނުމަށެވެ. އަދި އެއީ ވަކީލުންގެ އިތުބާރު ދެމެހެއްޓުމަށް މުހިއްމު ކަމެއް ކަމަށްވެސް ތާލިބް ވިދާޅުވިއެވެ.

ނާޒިމް ސައްތާރުގެ މައްޗަށް ބިދޭސީ ފިރިހެނަކާއެކު ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ ތުހުމަތު ކޮށްފައިވާއިރު އެފަދަ ވީޑިއޯއެއްވެސް ސޯޝަލް މީޑިޔާގައި ވަނީ އާއްމުވެފައެވެ. އަދި އެމައްސަލައިގައި ފުލުހުންގެ އިދާރާއަށް އޭނާ ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު އޭނާގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފައެވެ.

ފުލުހުންގެ އިދާރާއިން މީގެ ކުރިން ބުނެފައިވަނީ ގިނަ އަދަދެއްގެ މީހުން ހިމެނޭ ގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް އެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން