ސްރީލަންކާ "ބަނގުރޫޓުވެފައިވާ" ކަމަށް އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.





ވޭތުވެދިޔަ 70 ވަރަކަށް އަހަރުގެ ތެރޭގައި އެގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މާލީ ދަތިކަމުގައި، ކާބޯތަކެއްޗާއި ބޭހާއި ތެލަށް ޖެހިފައިވާ ސްރީލަންކާގެ އެތައް މިލިއަން ރައްޔިތުން އެ ދަތި ތަހައްމަލު ކުރަމުންދާ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.



ވިކްރަމަސިންހަ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ވިދާޅުވީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އާ އެކު އެގައުމު "ވެއްޓިފައިވާ" އިގްތިސާދު އަލުން ނަގާ ކޮޅަށް ޖެހުމަށް ކުރެވޭ މަޝްވަރާތަކަކީ އުނދަގޫ މަސައްކަތެއް ކަމަށެވެ. ސަބަބަކީ ދެކުނު އޭޝިއާގައި 22 މިލިއަން ރައްޔިތުން ހިމެނޭ ލަންކާއަކީ ތަރައްގީވަމުން އަންނަ ގައުމަކަށް ވުރެ ބަނގުރޫޓުވެފައިވާ ގައުމެއްގެ ގޮތުގައި މަޝްވަރާތައް ބައްޓަން ކުރަން ޖެހިފައިވާތީ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.



"އަޅުގަނޑުމެން މިހާރު މިދަނީ ބަނގުރޫޓުވެފައިވާ ގައުމެއްގެ ގޮތުގައި މަޝްވަރާތަކުގައި ބައިވެރިވަމުން. އެހެންވެ، ކުރީގެ މަޝްވަރާތަކަށް ވުރެ އުނދަގޫ އަދި ދަތި ހާލަތަކާ ކުރިމަތިލާން އެބަޖެހޭ،" ވިކްރަމަސިންހަ ގާނޫނުހަދާ މަޖިލީހުގައި ވިދާޅުވި އެވެ.



"އަޅުގަނޑުމެންގެ ގައުމު މިހާރު އޮތް ބަނގުރޫޓުވުމުގެ ހާލަތުގެ ސަބަބުން އަޅުގަނޑުމެންގެ ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާ ބެހޭ ޕްލޭނެއް (އައިއެމްއެފް) ވަކިން ހުށަހަޅަން ޖެހޭ،" އޭނާ އިތުރަށް ވިދާޅުވި އެވެ.





"އެ ޕްލޭނާ މެދު ހިތްހަމަޖެހިގެން ދަށު ދަރަޖައިގައި ކުރެވޭ މަޝްވަރާ ތަކުގައި އެއްބަސްވުމަކަށް އާދެވޭނީ. މިއީ އަދި ސީދާ ޕްރޮސެސްއެއް ނޫން."



ހަތްދިހަ އަހަރުގެ ތެރޭގައި ލަންކާއަށް ކުރިމަތިވި އެންމެ ބޮޑު މާލީ ދަތިކަމުގެ ތެރޭގައި، ބޭރު ފައިސާގެ ރިޒާވް ރެކޯޑް އަދަދަކަށް ދަށަށް ވެއްޓުމުގެ ސަބަބުން ކާބޯތަކެއްޗާއި ބޭހާއި ތެޔޮ ހިމެނޭހެން ގައުމަށް އެތެރެކުރާ، ކޮންމެހެން ބޭނުންވާ ތަކެއްޗަށް ފައިސާ ދެއްކުމަށް ބޭރުފައިސާ ނެތުމަކީ އެންމެ ބޮޑު ގޮންޖެހުމެވެ.



ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ އެހީތެރިކަން ހޯއްދެވި ކަމަށާއި "ތެޔޮ އެތެރެކުރުމަށް ކްރެޑިޓް ސަޕޯޓް ދިނުމުގެ ހުށަހެޅުމަކަށް" އެދިވަޑައިގެންނެވި ކަމަށެވެ.





ލަންކާގެ މައި ވިޔަފާރީގެ ހަބް ކަމަށްވާ ކޮލަމްބޯ ހިމެނޭ ގޮތަށް ބޮޑެތި ބައެއް ސިޓީތަކުގައި އެތައް ސަތޭކަ ބަޔަކު ތެޔޮ ގަތުމަށް އެތައް ގަޑިތަކެއް ވަންދެން ކިޔޫގައި ތިބެ، އެފަދަ ކިއު ތަކުގައި ބައެއް ފަހަރު ފުލުހުންނާއި އަސްކަރިއްޔާއާ ކުރިމަތިލާން ވެސް ޖެހެ އެވެ. ތެލަށް ޖެހިފައިވާތީ ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލައި ޒަރޫރީ ބޭނުން ތަކަށް ނޫނީ ތެޔޮ ނުވިއްކަން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން