ބޮރިސް ޖޯންސަން އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވާނެކަން މިއަދު އިއުލާން ކުރައްވާނެކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ބޮރިސް އިސްތިއުފާދެއްވަނީ އޭނާ ވެރިކަން ކުރަން މިހާރު ފިޓް ނޫން ކަމަށް ބުނެ ވަޒީރުންނާއި އޭނާ ނިސްބަތްވާ ކޮންޒަވޭޓިވް ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އޭނާއާއިމެދު ހިޔާލު ތަފާތުވުމުންނެވެ. އެގޮތުން މިދިޔަ ދެ ގަޑިއިރުގެ ތެރޭގައި ދެ ސެކްރެޓަރީ އޮފް ސްޓޭޓް ހިމެނޭ ގޮތަށް އަށް ވަޒީރަކު އިސްތިއުފާ ދެއްވުމާއެކު، ވެރިކަމުގެ ބާރުތައް ބަލިކަށިވެ ޖޯންސަން މަގާމުން ވަކިވެވަޑައިގަންނަވާނެކަން މިއަދުގެ ވަގުތެއްގައި އިއުލާން ކުރަން ނިންމާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މީގެއިތުރުން ބޮރިސްގެ ޑައުނިން ސްޓްރީޓް އޮފީހުންވެސް ވަނީ ބޮރިސް ޖޮންސަން މަގާމުން ވަކިވެވަޑައިގެންނެވުމުގެ ގޮތުން މިއަދުގެ ފަހުގެ ވަގުތެއްގައި ބަޔާނެއް ދެއްވާނެކަން ކަށަވަރުކޮށްދީފައެވެ.

ބޮރިސް ޖޮންސަން އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމާ ހަވާލުވެޑައިގެންފައިވަނީ 2016 ވަނަ އަހަރުއެވެ. ނަމަވެސް ބޮރިސްއަށް އޮތް ތާއީދު ދާދި ފަހުން ދައްވާންފެށީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކްރިސް ޕިންޗާ ފިރިހެނެއް ގްރޯޕް ކުރި ކަމަށް ތުހުމަތުކޮށް ވަޒީފާއިން ވަކިވާން މަޖުބޫރުވުމުންނެވެ.

މިހާދިސާ އާއި ގުޅިގެން ޖޯންސަން ވަނީ ޕިންޗާ އައްޔަން ކުރުމުގެ ކުރިން ޖިންސީ ގޯނާގެ ޝަކުވާތަކެއް ހުށަހެޅިފައިވިނަމަވެސް އެކަން ހަނދާން ނެތުން ކަމަށްބުނެ މައާފަށް ވެސް އެދިވަޑައިގެންފައެވެ. އެއަށްފަހު ބޮރިސް ޖޮންސަންގެ ޑައުނިން ސްޓްރީޓްގެ ގެއާއި އޮފީހުގައި ބޭއްވި ޕާޓީތަކުގެ މައްޗަށް ނެރުނު ލަދުވެތި ރިޕޯޓެއްގައި ކޮވިޑް-19 ލޮކްޑައުންގެ ހަރުކަށި ގަވާއިދުތަކާ ހިލާފުވެ، 56 ވަނަ އުފަންދުވަހަށް އެއްވުމާ ގުޅިގެން ފުލުހުން ޖޫރިމަނާ ކުރިތަންވެސް ފެނިގެންދިޔައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން