ތެލަށް ޖެހިފައިވާ ސްރީލަންކާއަށް ތެޔޮ އެތެރެކުރުމަށް އެހީތެރިވުމަށް ރަޝިޔާގެ ވްލަޑިމީރް ޕޫޓިންގެ އަރިހުން އެދިވަޑައިގެންފައިވާ ކަމަށް ސްރީލަންކާގެ ރައީސް ވިދާޅުވެއްޖެއެވެ.
އެގޮތުން ސްރީލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ވިދާޅުވީ ތެޔޮ އެތެރެކުރުމާ ބެހޭގޮތުން ޕޫޓިންއާ އެކު މުހިންމު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. މިމަޝްވަރާތައް ކުރެވުނީ ލަންކާގެ އެނާޖީ މިނިސްޓަރ، އެގައުމުގައި ވަރަށް އަވަހަށް ޕެޓްރޯލް ހުސްވެދާނެ ކަމުގެ އިންޒާރު ދެއްވި ފަހުންނެވެ.
"(ޕޫޓިން އަރިހުން) އަޅުގަނޑު އެދުނީ ފިއުލް އިމްޕޯޓް ކުރުމަށް ކްރެޑިޓް ސަޕޯޓްގެ އެހީއަކަށް،" ރާޖަޕަކްސާ ވިދާޅުވި އެވެ.
އަދި މީގެ އިތުރުން، ހަމަ މިމަޝްވަރާތަކުގައި ރަޝިޔާގެ އެރޯފްލޮޓުން ކުރަމުން ދިޔަ ދަތުރުތައް މެދުކަނޑާލައިފައިވާތީ، މޮސްކޯ އާއި ކޮލަމްބޯއާ ދެމެދު ދަތުރުތައް އަލުން ފެށުމަށް އެދިވަޑައިގެންނެވި ކަމަށް ވެސް ރާޖަޕަކްސާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެއްބަސްވިން ފަތުރުވެރިކަމާއި ވިޔަފާރި އަދި ސަގާފަތް ފަދަ ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަކީ އަޅުގަނޑުމެންގެ ދެ ގައުމުގެ އެކުވެރިކަން ވަރުގަދަކުރުމުގައި އެންމެ އިސް ކަމެއް ކަމަށް،" ރާޖަޕަކްސަ އިތުރަށް ވިދާޅުވި އެވެ.
މި ދަތި ދުވަސްވަރު ތެލުގެ ސަޕްލައި ވަރުގަދަ ކުރުމަށް އެހީތެރިވުމަށް ފާއިތުވި މަސްތަކުގައި ލަންކާއިން ވަނީ ރަޝިޔާއިން ތެޔޮ ގަނެފައެވެ. އަދި އިތުރަށް ރަޝިޔާއިން ތެޔޮ ގަންނަން ތައްޔާރަށް އޮތް ކަމުގެ އިޝާރާތެއްވެސް ލަންކާ ސަރުކާރުން ވަނީ ދީފަ އެވެ.
ރަޝިޔާގެ އިތުރުން އިންޑިއާއިންވެސް ލަންކާއަށް ތެލުގެ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު