ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ މެޔަށް ބަޑިޖަހައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.
ޖަޕާންގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި އުމުރުން 67 އަހަރުގެ އަބޭއަށް ދިން ހަމަލާއަށް ފަހު ހާލުކޮޅު ސީރިއަސް އެވެ. އަބޭއަށް މިހާރު ދަނީ ނާރާ މެޑިކަލް ޔުނިވާސިޓީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އޭނާ އަށް ހަމަލާދީފައިވަނީ މާދަމާ އޮންނަ، ގާނޫނުހަދާ މަޖިލީހުގެ މަތިގޭގެ ކެމްޕޭނުގައި ކެމްޕެއިން ސްޕީޗެއް ދެއްވަން ހުންނަވަނިކޮށެވެ.
ޖަޕާން ފުލުހުން މައުލޫމާތުދޭގޮތުގައި އަބޭއަށް ހަމަލާ ދީފައިވާ ކަމަށް ބެލެވެނީ ޝޮޓް ގަން އަކުން އޭނާގެ ފުރަގަހުންނެވެ. ހަމަލާ ދިނުމާ އެކު އަބޭ ވަނީ މަގުމައްޗަށް ވެއްޓިފައެވެ. އެ ހަމަލާދޭ ވީޑިއޯ އެއް މިހާރު ވަނީ އާންމުވެފައެވެ.
ވީޑިއޯ އިން ފެންނަގޮތުގައި ބަޑި ޖެހުމާ އެކު އަބޭ މޭގައި އަތް އަޅައެެވެ. އޭރު އޭނާގެ ހުދު ގަމީސް އޮތީ ލެއިން ތަށްތެޅިފައެެވެ.
މީޑިޔާ ރިޕޯޓްތަށް ބުނާގޮތުން ހަމަލާއާ އެކު އަބޭގެ ހިތް ވަނީ ހުއްޓިފައެވެ.
ޖަޕާންގެ ފުލުހުން މިހާރު ވަނީ އަބޭ އަށް ހަމަލާ ދިން މީހާ ހައްޔަރުކޮށްފަ އެވެ. އަބޭ ހަށިކޮޅަށް ބަޑި ޖެހީ އުމުރުން 40 ވަރަކަށް އަހަރުގެ މީހެއް ކަމަށާއި އޭނާ ހައްޔަރުކުރި އިރު ވެސް އަތުގައި ބަޑި އޮތް ކަމަށް ރިޕޯޓްތަށް ބުނެ އެވެ.
އަބޭ އަކީ ޖަޕާންގެ އެންމެ ގިނަ ދުވަސް ވަންދެން ބޮޑުވަޒީރު ކަން ކުރެއްވި ބޭފުޅާއެެވެ. އަބޭ ވަނީ 2006-2007 އަށް އަދި 2012-2020 އަށް ޖަޕާނުގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ.

奈良県の演説中の
— 【公式】フォロバ100です。かかってこいやぁ (@Hiruru95722714) July 8, 2022
安倍元首相が銃で発砲か……
恐らく最後の2発目でやられたか…#安倍 #安倍元総理 #2発 #安倍首相 pic.twitter.com/BDRz23lp5w
ވީޑިއޯ އިން ފެންނަގޮތުގައި ބަޑި ޖެހުމާ އެކު އަބޭ މޭގައި އަތް އަޅައެެވެ. އޭރު އޭނާގެ ހުދު ގަމީސް އޮތީ ލެއިން ތަށްތެޅިފައެެވެ.
މީޑިޔާ ރިޕޯޓްތަށް ބުނާގޮތުން ހަމަލާއާ އެކު އަބޭގެ ހިތް ވަނީ ހުއްޓިފައެވެ.
ޖަޕާންގެ ފުލުހުން މިހާރު ވަނީ އަބޭ އަށް ހަމަލާ ދިން މީހާ ހައްޔަރުކޮށްފަ އެވެ. އަބޭ ހަށިކޮޅަށް ބަޑި ޖެހީ އުމުރުން 40 ވަރަކަށް އަހަރުގެ މީހެއް ކަމަށާއި އޭނާ ހައްޔަރުކުރި އިރު ވެސް އަތުގައި ބަޑި އޮތް ކަމަށް ރިޕޯޓްތަށް ބުނެ އެވެ.
އަބޭ އަކީ ޖަޕާންގެ އެންމެ ގިނަ ދުވަސް ވަންދެން ބޮޑުވަޒީރު ކަން ކުރެއްވި ބޭފުޅާއެެވެ. އަބޭ ވަނީ 2006-2007 އަށް އަދި 2012-2020 އަށް ޖަޕާނުގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު