ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަށް މިއަދު ދިން ބަޑީގެ ހަމަލާ އާއި ގުޅިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އަވަހާރަވެއްޖެ އެވެ.

އަބޭއަށް މީހަކު ބަޑިން ހަމަލާ ދީފައިވަނީ މާދަމާ އޮންނަ، ގާނޫނުހަދާ މަޖިލީހުގެ މަތިގޭގެ ކެމްޕޭނުގައި ކެމްޕެއިން ސްޕީޗެއް ދެއްވަން ހުންނަވަނިކޮށެވެ. އުމުރުން 67 އަހަރުގެ އަބޭ އަވަހާރަވި އެހަމަލާ އާއި ގުޅިގެން ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ނާރާ މެޑިކަލް ޔުނިވާސިޓީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނިކޮށެވެ.

އަބޭ އަވަހާރަވިކަން އޭނާގެ ޕާޓީގެ އިސް އޮފިޝަލަކާއި ހަވާލާދީ ޖަޕާންގެ ރަސްމީ މީޑިޔާ އިން ވަނީކަށަވަރު ކޮށްދީފައެވެ. ޖަޕާންގެ ފުލުހުން ބުނީ އަބޭ އަށް ހަމަލާ ދީފައި ވަނީ ފުރަގަހުން މެޔާ ދިމާލަށް ކަަމަށެވެ. އެހަމަލާ ދިން އުމުރުން 40 އަހަރުގެ މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރިއިރު ހަމަލާ ދޭން ގެންގުޅުނު ހަތިޔާރުވެސް އޮތް ކަމަށް ރިޕޯޓްތަށް ބުނެ އެވެ.

ސްޕީޗް ދެއްވަން ހުންނަވަނިކޮށް އަބޭ އަށް ހަމަލާ ދޭ ވީޑިއޯ އެއް ވަނީ އާންމުވެފައެވެ. ވީޑިއޯ އިން ފެންނަގޮތުގައި އަބޭ އަށް ހަމަލާ ދިނުމާއެކު އޭނާ ބިންމައްޗަށް ވެއްޓޭއިރު އޭނާ ހުންނަނީ މޭމަތީގައި އަތްއަޅުއްވައިގެންނެެވެ.

އަބޭ އަކީ ޖަޕާންގެ އެންމެ ގިނަ ދުވަސް ވަންދެން ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާއެެވެ. އަބޭ ވަނީ 2006-2007 އަށް އަދި 2012-2020 އަށް ޖަޕާނުގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން