ވެކްސިނަށް އޮތް ޑިމާންޑު ދައްވެ، ކެނެޑާއިން އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 ވެކްސިންގެ 13.6 މިލިއަން ޑޯޒް އުކާލަން ނިންމައިފިއެވެ.

ކެނެޑާއިން 2020 ވަނަ އަހަރު އެސްޓްރާޒެނެކާއާ އެކު އެ ކުންފުނީގެ ވެކްސިންގެ 20 މިލިއަން ޑޯޒް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. އަދި ލިބުނު ވެކްސިނުން 2021 ވަނަ އަހަރުގެ މާޗް މަހާއި ޖޫން މަހާއި ދެމެދު ކެނެޑާގެ 2.3 މިލިއަން މީހުންނަށް މަދުވެގެން އެއް ޑޯޒް ފުރިހަމަކޮށްފައިވެއެވެ.

ނަމަވެސް ހުސްވި އަހަރު ކުރީކޮޅު އެސްޓްރާޒެނެކާ ވެކްސިންގެ ސަބަބުން މަދުން ނޫނީ ނުފެންނަ ފުރާނަ އަށް ނުރައްކާވާފަދަ ބްލަޑް ކްލޮޓްތަކެއްގެ ކަންބޮޑުވުންތަކާއެކު، ކޮވިޑުން ރައްކާތެރިވުމަށް ކެނެޑާއިން ފޯކަސްކުރީ ފައިޒަރ-ބަޔޯންޓެކް އަދި މޮޑަނާގެ އެމްއާރްއެންއޭ ވެކްސިން ބޭނުންކުރުމަށެވެ.

މިއާއެކު ކެނެޑާގައި އެސްޓްރާޒެނެކާ ވެކްސިނަށް އޮތް ޑިމާންޑު ދައްވެ، ކެނެޑާއިން ވަނީ އެސްޓްރާޒެނެކާ ވެކްސިންގެ 8.9 މިލިއަން ޑޯޒް އެމި ގައުމުތަކަށް ހަދިޔާކޮށްފައެވެ. މީގެތެރެއިން 4.1 މިލިއަން ޑޯޒް ހަދިޔާކޮށްފައިވަނީ ކޮވެކްސް ވެކްސިން ހިއްސާކުރުމުގެ ޕްރޮގްރާމުގެ ތެރެއިންނެވެ.

ޑިމާންޑު ނެތުމުން އެސްޓްރާޒެނެކާ ކޮވިޑް ވެކްސިން އުކާލުމަަށް ކެނެޑާއިން ނިންމާފައިވާއިރު ޔޫރަޕްގެ ގިނަ ގައުމުތަކުގައި އާ ކޯވިޑް އިންފެކްޝަންތައް ބޮޑުތަނުން ވަނީ އިތުރުވެފައެވެ.

ކޮވިޑުން ރައްކާތެރިވުމަށް ކެނެޑާގެ އާބާދީގެ 85 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، ދުނިޔޭގެ އާބާދީގެ 61 އިންސައްތަ މީހުން ވަނީ މިހާތަނަށް ވެކްސިން ފުރިހަމަކޮށްފަައެވެ. އަދި ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގައި ދިރިއުޅޭ މީހުންގެ އާބާދީގެ 16 އިންސައްތަ މީހުން ވަނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން