ކޯވިޑް-19 އަަށް އުފައްދާ ބައެއް ވެކްސިން މިހާރު ވަނީ އިންސާނުން ގަޔަށް ޖަހައިގެން ޓެސްޓްކޮށްފައި
ކޯވިޑް-19 އަަށް އުފައްދާ ބައެއް ވެކްސިން މިހާރު ވަނީ އިންސާނުން ގަޔަށް ޖަހައިގެން ޓެސްޓްކޮށްފައި
ޗައިނާއިން ކޯވިޑް-19 އަށް އުފައްދާ ވެކްސިންގެ ދިރާސާ ތަކާއި ތަހުލީލުތައް ނިންމައި ތައްޔާރުވުމުން، އެ ވެކްސިން މުޅި ދުނިޔެއަށް ފޯރުކޮށްދޭނެ ކަމަށް ޗައިނާގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ޗައިނާގެ މިނިސްޓަރ އޮފް ސައިންސް އެންޑ ޓެކްނޮލޮޖީ ވާންގ ޒިގަންގ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ މިވެކްސިން އުފެއްދުމުގައިވެސް އެކިގައުމުތަކާއިއެކު އޮންނަ ގުޅުން ރަންގަޅުވާން ޖެހޭނެ ކަމަށެވެ.

ވެކްސިންގެ މުހިންމުކަން ފާހަގަ ކުރައްވަމުން، ޗައިނާގެ ސައިންސްވެރިންގެ އިތުރުން އެހެން ގައުމުތަކުގެ ސައިންސްވެރިންވެސް ކޯވިޑް-19 އަށް ވެކްސިން އުފެއްދުމަށް ކުރެވޭ މަސައްކަތްތަކުން، ހުރިހާ އެންމެންވެސް މުޅި ދުނިޔޭގެ ސިއްހަތަށް މަސައްކަތް ކުރާކަން ފާހަގަ ކުރެވިފައިވާ ކަމުގައި ޗައިނާގެ މިނިސްޓަރ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ ވާންގ ޒިގަންގ ވިދާޅުވިއެވެ.

މިވަގުތު، ޗައިނާގައި އެކަނިވެސް 4 ވެކްސިނެއްގެ އިތުރުން އެޑެނޯވައިރަސްއެއްގެ ކްލިނިކަލް ޓްރަޔަލް ހެދުމަށް ޗައިނާއަށް ހުއްދަލިބިފައިވާކަމަށް، "ފައިޓިންގ ކޮވިޑް-19: ޗައިނާ އިން އެކްޝަން" ގެ ނަމުން ނަންދެވިފައިވާ ލިޔުމެއްގައިވެއެވެ. މިލިޔުމަކީ ޗައިނާގެ ސްޓޭޓް ކައުންސިލް އިންފޯމޭޝަން އޮފީހުން ނެރެފައިވާ ލިއުމެކެވެ.

ޗައިނާއިން ބުނެފައިވަނީ އެގައުމުން އުފައްދާ ކޯވިޑް ވެކްސިން މިއަހަރުގެ ފަހުކޮޅު ބާޒާރަށް ނެރެވޭނެ ކަމަށެވެ. މިވެކްސިން ވީހާ ގިނަ ބަޔަކަށް އެއްފަހަރާ ފޯރުކޮށްދިނުމަށް ޓަކާ ބޮޑު ސްޓޮކެއް އުފެއްދުމަށް ކުންފުނިތަކާ ހަވާލު ކުރުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށް ވެކްސިން އުފައްދާ ކުންފުނިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން