ހއ. ބާރަށް، ކުއްޅަވައްގެ / ޢަލީ ޖުމާން (ޑެތު)
ހއ. ބާރަށް، ކުއްޅަވައްގެ / ޢަލީ ޖުމާން (ޑެތު)
އިމާރާތްތަކާ އުޅަނދުފަހަރުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ގޮވާލި މައްސަލައިގައި އިއްޔެ ހައްޔަރުކުރި ހއ. ބާރަށް، ކުއްޅަވައްގެ / ޢަލީ ޖުމާން (ޑެތު) ގެ ބަންދަށް 12 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް އޭނާ ބަންދުކުރަން ނިންމީ، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި ޖުމާންއާ ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި އިންޓެލިޖެންސް ރިޕޯޓްއާއި ފުލުހުންގެ ރިޕޯޓް އަދި އޭނާ ސޯޝަލް މީޑިއާގައި ބޭނުންކުރާ ކަމަށް ބެލެވޭ އެކްސްގެ އެކައުންޓްގެ ޕޯސްޓް ހެކީގެ ގޮތުގައި ހުށަހަޅާފައި ވެއެވެ.

ހުޅުޖެހުމަށް ގޮވާލައި އަދި ހިތްވަރު ދިނުމަކީ ޓެރެރިޒަމް މަނާކުރުމުގެ ގާނުނޫގެ ދަށުން ޖިނާއީ ބޮޑު ކުށެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް