ނ. ހެނބަދޫން އިއްޔެރޭ ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށާއި، އޭނާ ހޯދަން ވައިގެ މަގުން ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފިއެވެ.
އެމްއެންޑީއެފުން މިރޭ ބުނީ ގެއްލިގެން ހޯދަމުން އަންނަ އިބްރާހިމް ރާމިޒު، 28، ހޯދަން ސިފައިންގެ ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ގެއްލުނު މީހާ ހޯދުމަށް ނ. ހެނބަދޫއާއި ކެނދިކުޅުދޫ، އަދި ކައިރީގައިވާ ރަށްތަކުގެ ގޮނޑުދޮށްތަކާއި ކަނޑުގެ ސަރަހައްދު މިއަދު ހެނދުނު ކޯސްޓްގާޑުގެ ސިފައިން ބަލާފައިވާއިރު، އެމްއެންޑީއެފް ޑޯނިއަރ މަތިންދާބޯޓުގައި ވައިގެމަގުން އެ ހިސާބުގެ ކަނޑުގެ ސަރަހައްދު ވެސް ވަނީ ބަލާފައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އާއިލާއާ ހަވާލާދީ ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އިބްރާހިމް ރާމިޒް އިއްޔެގެ ވަގުތެއްގައި ކެނޯއެއްގައި އެކަނި ކަނޑުމައްޗަށް ނުކުތީ ކަމަށް ބެލެވެއެވެ. އެ ރަށު ކައުންސިލުން ބުނި ގޮތުގައި އިބްރާހިމް ރާމިޒު އެންމެ ފަހުން މީހަކަށް ފެނުނީ އިއްޔެ ހެނދުނު އަށެއް ޖަހާކަށްހާއިރު އެ ރަށުގެ ބަނދަރުމަތިންނެވެ. އޭރު އޭނާ ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސޯޓެއް ލައިގެން ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު