ލަންކާގެ ކުރީގެ ރައީސް މައިތުރިޕާލަ ސިރިސޭނާ
ލަންކާގެ ކުރީގެ ރައީސް މައިތުރިޕާލަ ސިރިސޭނާ
ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް ބޮޑުވަޒީރާއި ރައީސް އިސްތިއުފާ ދެއްވުމަށް ލަންކާގެ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީގެ) ފަރާތުން ކުރީގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

އެސްއެލްއެފްޕީގެ ލީޑަރު ވިދާޅުވީ 24 ގަޑިއިރުގެ ތެރޭގައި ރައީސް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށާއި، ބޮޑުވަޒީރު ވެސް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ. އޭގެ ފަހުން ހުރިހާ ޕާޓީއެއް ހިމެނޭގޮތަށް ސަރުކާރެއް އުކުލަވާލުމަށް ހުރިހާ ޕާޓީތަކަށް ދައުވަތު ދެއްވަން ޖެހޭ ކަމަށް ސިރިސޭނަ ވިދާޅުވިއެވެ.

އެތައް އަހަރެއް ވަންދެން ރައްޔިތުންނަށް އަނިޔާވެރިކަމާއެކު ދެމިއޮތް މިހާރުގެ ސަރުކާރުން އެކި ގޯސްތައް ހަދާފައިވާ ކަމަށާއި، އެ ގޯސްތައް އިސްލާހު ކުރުމަށް އިލްތިމާސް ކުރި ނަމަވެސް، އެކަން އެގޮތަށް ނުކުރުމުން އާޚިރުގައި ގައުމު ދުވަހުން ދުވަހަށް ހަލާކުވެގެން ދިޔައިކަމަށް ކުރީގެ ރައީސް ވިދާޅުވި އެވެ

އާޚިރުގައި ލަންކާ ރައްޔިތުންނަށް ލިބެމުން ދިޔަ ވޭންތަކަށް ކެއްނުކުރެވިގެން، މިއަދު ރައީސް އޮފީހާއި ރައީސްގެ ގެކޮޅު ހިސޯރުކޮށްފައި ވަނީ ހަމަ އިންސާފަށް ހަނގުރާމަކުރާ ރައްޔިތުން ކަމަށް ކުރީގެ ރައީސްގެ ބަޔާނުގައިވެ އެވެ.



ކުރީގެ ރައީސް ވިދާޅުވީ އެބޭފުޅުންގެ ހަމައެކަނި ޑިމާންޑަކީ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވުން ކަމަށާއި، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވެސް އެގޮތަށް ކަންތައް ކުރައްވަން ޖެހޭނެ ކަމަށާއި، އެ މަގާމުގައި ހުންނެވުމަށް މެންޑޭޓެއް ނެތް ކަމަށެވެ.



އެހެންކަމުން ފްރީޑަމް ޕާޓީގެ ރައުޔަކީ ރައީސުލްޖުމްހޫރިއްޔާ އާއި ބޮޑުވަޒީރު ވަގުތުން މަގާމުން އިސްތިއުފާ ދެއްވައި، އެންމެން ގަބޫލުކުރާ ހުރިހާ ޕާޓީއެއް ހިމެނޭ ސަރުކާރެއް ވަގުތުންއެކުލަވާލައި ގައުމުގެ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރެވޭނެ މަގުފަހިކޮށްދިނުން ކަމަށް ސިރިސޭނަ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން