ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ
ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ
ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވައި ހުރިހާ ޕާޓީއެއް ހިމެނޭ އާސަރުކާރެއް އެކުލަވާލުމަށް ޖާގަ ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ ކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުނެފި އެވެ.



އެމަނިކުފާނު ވިދާޅުވާ ގޮތުގައި މި ނިންމުން ނިންމެވީ މި ހަފްތާގައި ލަންކާގެ އެކި ސަރަހައްދު ތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް އަލުން ފެށުމާއި، ވޯލްޑް ފުޑް ޕްރޮގްރާމްގެ ޑިރެކްޓަރު މި ހަފްތާގައި އެގައުމަށް ވަޑައިގަންނަވާތީ ކަމަށާއި އަދި އައިއެމްއެފްގެ ޑެބްޓް ސަސްޓެއިނަބިލިޓީ ރިޕޯޓް ވަރަށް އަވަހަށް ނިންމުމަށް ނިންމާފައިވާތީ ކަމަށެވެ.

އަދި މިވަގުތު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އިދިކޮޅު ޕާޓީތަކުގެ ލީޑަރުން ދެއްވާފައިވާ ލަފާފުޅަށް އެމަނިކުފާނު އެއްބަސްވެވަޑައިގެންފައިވާ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވެފައިވެއެވެ.



ބޮޑުވަޒީރުގެ މީޑިއާ ޑިވިޜަނުން ބުނީ ބޮޑުވަޒީރު އިސްތިއުފާ ދެއްވާނީ ހުރިހާ ޕާޓީއެއްގެ ސަރުކާރެއް ގާއިމްކޮށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުމުން ކަމަށެވެ. އަދި އެހާތަނަށް ރަނިލް ވިކްރަމަސިންހަ ބޮޑުވަޒީރުކަމުގައި ދެމިހުންނަވާނެ ކަމަށް ބޮޑުވަޒީރުގެ އޮފީހުން ހާމަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން