ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވިދާޅުވީ އެގައުމުގެ ރައީސް މަގާމުން އިސްތިއުފާ ދެއްވާނަމަ ދޭންޖެހޭ ނޯޓިސް ދެއްވާފައިވާ ކަމަށެވެ. ގޮތަބަޔަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވަނީ ޖުލައި 13 ވަނަ ދުވަހުއެވެ.



މަޖިލީހުގެ ރައީސް ވިދާޅުވީ ގޮޓާބަޔަ އިސްތިއުފާ ދެއްވަން މުއްދަތެއް ކަނޑައެޅުއްވީ ވެރިކަމުގެ ބާރުތައް ހަވާލުކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ކަމަށެވެ. ގޮޓާބަޔަ އިސްތިއުފާ ދެއްވުމުން ލަންކާގެ ރައީސަކަށް ބުދަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ހުންނަވާނީ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދަނާ އެެވެ.

ސްރީލަންކާގައި އެތައް ހާސް ބަޔަކު ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކުރަމުންދާއިރު ރައީސްގެ ރަސްމީ ގެކޮޅާ ބޮޑުވަޒީރުގެ އޮފީހުގެ އިތުރުން ރައީސް އޮފީހަށް ވެސް މުޒާހަރާކުރާ މީހުން ވަދެގަނެ އެތަންތަން ވަނީ އެ މީހުންގެ ބާރުގެ ދަށައް ގެނެސްފައެވެ. ލަންކާގެ ރައީސް އިސްތިއުފާ ދެއްވަން ނިއްމެވިއިރު ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ ވެސް މިހާރު ވަނީ މަގާމުން އިސްތިއުފާ ދެއްވާނެ ކަން އިއުލާންކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން