ފައިސާގެ ބޮޑެތި އިނާމްތަކަކާއެކު ވާހަކަ ލިޔުމުގެ މުބާރާތެއް ބާއްވަން ދިވެހި ލިޔުންތެރިންގެ ޖަމިއްޔާ، ލިޔުންތެރިންގެ ގުޅުމުން ހަމަޖައްސައިފިއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރުވެފައިވާ ކޮންމެ މީހަކަށް އޮގަސްޓް 10 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 25،000 ރުފިޔާ، ދެވަނައަށް ހޮވޭ ފަރާތަކަށް 15،000 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. އަދި ވަނަވަނައަށް ހޮވޭ ފަރާތްތަކުގެ ވާހަކަތައް ޗާޕުކުރާ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ. މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފޯމު ލިޔުންތެރިންގެ ގުޅުމުގެ ވެބްސައިޓުން ލިބޭނެއެވެ.

މި މުބާރާތުގެ މަޤުޞަދަކީ ޒުވާން އުމުރުފުރައިގެ މީހުން (ޔަންގް އެޑަލްޓްސް) ކިޔަން ޝައުގުވެރިވާނެ ފަދަ ވާހަކަތަކެއް ދިވެހިބަހުން ލިޔެފައި ނުހުންނާތީ އެފަދަ ވާހަކަތަކެއް ލިޔެ ޝާއިއުކުރެވޭނެ މަގު ތަނަވަސްކުރުމެވެ. އަދި އެ ވާހަކަތައް މެދުވެރިކޮށް ދިވެހި މާހައުލާއި ދިވެހި މުޖުތަމަޢުގެ ހާލަތާއި ކަންހިނގާ ގޮތް ދެއްކުމެވެ. އަދި ދިވެހި ސަގާފަތާއި ދިރިއުޅުން ވާހަކަތަކުގެ ސިފައިގައި ލިޔެ ރައްކާކުރުމެވެ.

މުބާރާތުގައި ބައިވެރިކުރާ ވާހަކަ ނިންމަންޖެހޭނީ ވަކި ތީމްތަކަކަށެވެ. އެއީ ތާރީޚީ ހާދިސާ، ދިވެހިންގެ މަސައްކަތްތެރިކަން އަދި ދިވެހިންގެ ދިރިއުޅުމާއި އާދަކާދައެވެ. މި މުބާރާތަށް އިންސާފުކުރާނީ ލިޔުންތެރިންގެ ގުޅުމުން ކަނޑައަޅާ ފަނޑިޔާރުންގެ ކޮމެޓީއަކުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން