ލަންކާގެ މުޒާހަރާގެ ބައިވެރިންނަށް ރައީސް ގޮޓަބަޔަގެ ގެކޮޅުން ފެނުނު 17 މިލިއަނަށްވުރެ ގިނަ ލަންކާ ރުޕީސް ފުލުހުންނާ ހަވާލުކޮށްފިއެވެ.

ލަންކާގެ ރައީސްގެ ރަސްމީ ގެކޮޅަށް އެތައް ހާސްބަޔަކު ވަދެ، މިނަގުދު ފައިސާތައް ހޯދައިފައިވަނީ، ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ލަންކާ ސަރުކާރާ ދެކޮޅަށް ހޮނިހިރު ދުވަހު ކުރިއަށްދިޔަ ބޮޑު މުޒާހަރާގެ ބައިވެރިން ފުލުހުންގެ ބެރިކޭޑްތައް ފަޅާލައި ލަންކާގެ ރައީސްގެ ރަސްމީ ގެކޮޅަށް ވަދެ ހިންގި ހަރަކާތްތަކުގެ ތެރެއިންނެވެ.

މިކަމާ ގުޅިގެން ލަންކާ ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ލަންކާގައި ސަރުކާރާ ދެކޮޅަަށް މުޒާހަރާ ކުރި ބައިވެރިން ލަންކާގެ ރައީސްގެ ގެކޮޅުން ހޯދި 17.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާކަން ޔަގީންކޮށްދީފައިވެއެވެ.

ކޮލަމްބޯގައި ހުންނަ ރައީސް ގޮޓަބަޔަގެ ގެކޮޅުން މުޒާހަރާގެ ބައިވެރިން ހޯދާފައިވަނީ 17،850،000 ސްރީލަންކަން ރުޕީސް އެވެ. ލަންކާގެ ފުލުހުންގެ ފަރާތުން މިފައިސާ އާއި ހަވާލުވެފައިވަނީ ލަންކާގެ ފޯޓްގެ ޕޮލިސް ސްޓޭޝަންގެ ފުލުހުންގެ ޓީމާއެވެ.

ފުލުހުންގެ ނޫސްބަޔާނުގައި މި ފައިސާ އާއި ގުޅޭ ގޮތުން މާދަމާ ލަންކާގެ ކޯޓުތަކަށް މައުލޫމާތު ދިނުމަށް ނިންމާފައިވާކަން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން