ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ގައުމު ދޫކުރައްވައި ވަޑައިގަންނަވައިފި ކަމަށް ދެންނެވުނީ އޮޅިގެންކަމަށް އެގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ އެވެ.

ލަންކާގެ ރައީސް ގޮޓަބަޔަ ގައުމު ދޫކުރެއްވި ކަމަށް، މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދެނާ ވިދާޅުވެފައިވަނީ އިއްޔެ ބީބީސީއަށް ދިން އިންޓަރވިއުއެއްގައެވެ. އެގޮތުން ރައީސް ހުންނެވީ ލަންކާ ދޫކޮށް އަވަށްޓެރި ގައުމެއްގައި ކަމަށާއި، ބުދަ ދުވަހު އެމަނިކުފާނު ލަންކާއަށް އަނބުރާ ވަޑައިގަންނަވާނެކަމަށް މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދެނާގެ އިންޓަރވިއުގައި ފާހަގަކުރައްވާފައިވެެއެވެ.

ނަމަވެސް މިހެން ވިދާޅުވެވުނީ އޮޅިގެންކަމަށް މަހިންދަ ޔަޕާ އަބޭވަރްދެނާ މިއަދު ދިން އިންޓަރވިއުއެއްގައި ފާހަގަ ކުރައްވާފައިވެއެވެ.

"ރައީސް ގޮޓަބަޔާ ރާޖަޕަކްސަ އަދިވެސް ހުންނެވީ ގައުމުގައި، އަޅުގަނޑަށް ހެދުނީ ގޯހެއް (ބީބީސީ) އިންޓަވިއުގައި،" ލަންކާގެ ޕާލަމެންޓްގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދެނާ އިންޑިއަން ނިއުސް އެޖެންސީ އޭއެންއައި އަށް ދެއްވި ފޯނު އިންޓަރވިއުއެއްގައި ވިދާޅުވިއެވެ.

ލަންކާގެ އަސްކަރީ މަސްދަރުތަކާ ހަވާލާދީ ބީބީސީން މީގެކުރިން ރިޕޯޓުކޮށްފައިވާގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ހޫނުވި މުޒާހަރާގެ ކުރިން ގޮޓާބަޔާގެ ގެކޮޅުން ރައްކާތެރި ސަރަހައްދަކަށް ބަދަލުކޮށްފައިވާއިރު، ފަހުން ހުންނެވީ ސްރީލަންކާ ކަނޑުގެ ސަރަހައްދުގައި އޮތް ކަނޑުގެ ސިފައިންގެ ބޯޓެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން