ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި ބޮރިސް ޖޮންސަންއަށް އަމިއްލަ ޕާޓީގެ ތެރެއިން ކުރިމަތިވި ފިއްތުންތަކާއި ގުޅިގެން އެ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާއިރު، އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމަށާއި ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމުގެ މަގާމަށް ދެން ވަޑައިގަންނަވާނެ ބޭފުޅަކު އިންތިހާބުކުރުމުގެ މަސައްކަތް މިއަދު ފެށިގެންދާނެއެވެ.
ފުރަތަމަ ކުރިއަށްދާ މަސައްކަތަކީ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ މަގާމަށް އައްޔަންކުރާނެ ބޭފުޅަކު އިންތިހާބުކުރުމުގެ މަސައްކަތަށްވާއިރު، އެ މަގާމަށް 8 ބޭފުޅަކު ވާދަކުރައްވައެވެ. ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް އެކަނި ވާދަކުރެވޭ މި އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވޭނީވެސް ގާނޫނު ހަދާ މަޖިލީހުގެ މަދުވެގެން 20 މެމްބަރުންގެ ތާއީދާއެކުއެވެ.
އެގޮތުން މި އިންތިހާބުގައި ވާދަކުރައްވާ 8 ބޭފުޅުންނަކީވެސް އެ މަޖިލީހުގެ މަދުވެގެން 20 މެމްބަރުންގެ ތާއީދާއެކު ވާދަކުރައްވާ 8 ބޭފުޅުންނެވެ. އެ 8 ބޭފުޅުންނަކީ، ކެމީ ބެއިޑްނޮކް، ސުއެލްލާ ބްރޭވަރމަން، ޖެރަމީ ހަންޓް، ޕެނީ މޯޑޮންޓް، ރިޝީ ސުނަކް، ލިޒް ޓްރަސް، ޓޮމް ޓޫގެންޑަޓް އަދި ނަދީމް ޒަހާވީއެވެ. މިއިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރި ސާޖިދު ޖާވިދު އާއި ރެހްމާން ކިޝްތީ ވަނީ އެންމެފަހު ވަގުތު ނަން އަނބުރާ ގެންގޮސްފައެވެ.
އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ކޮންޒަވޭޓިވް ޕާޓީގެ 358 މެމްބަރުންގެ މެދުގައި ބާއްވާ މި ވޯޓްލުން ބުދަ ދުވަހު ފަށާއިރު ކޮންމެ ބުރެއްގައިވެސް 30 ވޯޓަށްވުރެ މަދުން ވޯޓް ލިބޭ ކެނޑިޑޭޓުން އިންތިހާބުން ވަކިވާނެއެވެ. އަދި 2 ކެނޑިޑޭޓުން ހޮވެންދެން ކޮންމެ ބުރެއްގައިވެސް އެންމެ މަދުން ވޯޓް ލިބޭ ކެނޑިޑޭޓުން ވަކިވަމުންދާ ގޮތަށް ވޯޓްލަމުންދާނެއެވެ. އަދި މިގޮތުން ހޮވޭ 2 ކެނޑިޑޭޓުންގެ ތެރެއިން ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ މަގާމަށް އަދި އިނގިރޭސި ބޮޑުވަޒީރަކަށް ދެން ވަޑައިގަންނަވާނެ ބޭފުޅެއް ކަނޑައަޅާނީ ކޮންޒަވޭޓިވް ޕާޓީގެ އާއްމު މެމްބަރުންގެ ޕޯސްޓަލް ވޯޓަކުންނެވެ.
އިންތިހާބުގެ ކަންކަން ރާވާފައިވާ ގޮތުން ސެޕްޓެމްބަރުމަހުގެ 5 ދުވަހާއި ހަމައަށްދާއިރު އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ދެން ވަޑައިގަންނަވާނެ ބޭފުޅެއް ކަނޑައެޅިގެންދާނެއެެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީން ފަށާފައި މިވަނީ ބޮޑުވަޒީރުކަމުގެ މަގާމު ހުންނެވި ބޮރިސް ޖޮންސަން ޕާޓީގެ ލީޑަރޝިޕުން އިސްތިއުފާ ދެއްވުމުންނެވެ. އަދި އޭނާ ވަނީ ބޮޑުވަޒީރުކަމުގެ މަގާމުންވެސް އިސްތިއުފާދެއްވާނެކަން އިއުލާންކުރައްވާފައެވެ. ނަމަވެސް ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަންކުރާނެ ބޭފުޅެއް ކަނޑައެޅެންދެން އޭނާ އެ މަގާމުގައި ހުންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު