ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހ، އެކްޓިންގް ރައީސްގެ ގޮތުގައި ހަމަޖައްސަވައިފިކަން އެގައުމުގެ މަޖިލީހުގެ ރައީސް އިޢުލާން ކުރަށްވައިފިއެވެ.
ހޮނިހިރު ދުވަހުން ފެށިގެން ފިއްލަވައިގެން އުޅުއްވުމަށްފަހު ރޭ ރާއްޖެ ވަޑައިގެންނެވި، ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ރަނިލްއާއި އޭނާގެ މަސްއޫލިއްޔަތުތައް ހަވާލު ކުރެއްވީ މިއަދުގެ ވަގުތެއްގައެވެ. މިކަން އިޢުލާން ކުރެއްވީ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭ ވަރްދަނާއެވެ.
ލަންކާ ސަރުކާރާއި ދެކޮޅަށް މުޒާހަރާކުރަމުން ގެންދާ މީހުން މިދިޔަ ހޮނިހިރު ދުވަހު ވަނީ މުޒާހަރާ އިތުރަށް ވަރުގަދަކޮށް ރައީސް ދިރިއުޅުއްވާ ގަނޑުވަރާއި ރައީސްގެ އޮފީސް ހިސާރުކޮށް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފައެވެ. ރައީސް ރާޖަޕަކްސަ އޭގެ ކުރިން ވަނީ ފިއްލަވާފައެވެ. ގޮޓަބަޔާ ގައުމުން ބޭރަށް ވަޑައިގަންނަވަން އުޅުއްވުމުން އިއްޔެ ވަނީ އެއާޕޯޓު އޮފިޝަލުން އޭނާއަށް ހުރަސްއަޅައި ފުރިޔަ ނުދީފައެވެ. އޭގެ ފަހުން ރައީސް ގޮތަބަޔާ ރާއްޖެއަށް ވަޑައިގެންފައި ވަނީ ލަންކާ އެއާފޯސްގެ އެހީގައެވެ.
ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންގހަ ރައީސް ކަމުގެ މަގާމުގެ ޒިންމާތަކާ ހަވާލުވެ ވަޑައިގެންނެވިކަން އިޢުލާން ކުރެއްވުމުގެ ކުރިން އޭނާ ވަނީ މިއަދު ބޮޑުވަޒީރު އޮފީސް ދޮށުގައި މުޒާހަރާ ކުރާ މީހުން މައިތިރިކުރުމަށް އިތުރު ސިފައިން ނެރެ ކާފިއުވެސް އިޢުލާން ކޮށްފައެވެ. ނަމަވެސް އޮފިޝަލުންނާއި ހަވާލާދީ ބައެއް މީޑިއާ ތަކުން ބުނެފައިވަނީ ބޮޑު ވަޒީރު އެކަން ކުރެއްވީ ގާނޫނާ ޚިލާފަށެވެ.
ބޮޑުވަޒީރުގެ އޮފީސް ކައިރިއަށް އެއްވި މީހުން ފޮނުވާލާ މުޒާހަރާ ރޫޅާލުމަށް ސިފައިން ވަނީ ފެންހޮޅިއާއި ކަރުނަ ގޭސް ވެސް ބޭނުން ކޮށްފައެވެ.
ލަންކާގެ ބޮޑުވަޒީރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވިއިރުވެސް ރައީސް ރާޖަޕަކްސާގެ އިސްތިއުފާގެ ސިޓީ ލިބިފައި ނުވާ ކަމަށް ލަންކާގެ މަޖިލީހުގެ ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު