ކުރިން އިޢުލާން ކުރަށްވާފައިވާ ގޮތަށް ސްރީލަންކާގެ ރައީސް މިއަދު އިސްތިއުފާ ދެއްވާނެކަން ކަށަވަރުކޮށްދީފިއެވެ.

އެކަން ގާނޫނުހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕޭ އަބޭވަރްދަނައަށް ގުޅުއްވައި ކަށަވަރު ކޮށްދެއްވާފައިވާކަން އޭނާ ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ކުރިން އިޢުލާން ކުރަށްވާފައިވާ ގޮތަށް މިއަދު އިސްތިއުފާގެ ސިޓީ މަޖިލިސް ރައީސަށް ފޮނުއްވާނެކަން ވެސް މަޖިލިސް ރައީސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ނަމަވެސް މަޖިލިސް ރައީސް މީގެކުރިން ވަނީ ބޮޑު ވަޒީރު ރަނިލް ވިކްރަމަ ސިންގހައާއި ރައީސް ކަމުގެ ބާރުތައް ވަގުތީ ގޮތުން ހަވާލުކޮށްފައިވާކަން އިޢުލާން ކޮށްފައެވެ. އަދި ރަނިލް ވަނީ މުޒާހަރާގެ ބައިވެރިން މައިތިރި ކުރުމަށް އިތުރު ސިފައިންނެރެ ކަރުނަގޭހާއި ފެންހޮޅި ބޭނުންކޮށްފައެވެ. ނަމަވެސް ރުޅިގަދަވެފައި ތިބި މުޒާހަރާގެ ބައިވެރިން ވަނީ ސަލަމަތީ ސަފުތައް ފޫއަޅުވާލައި ބޮޑުވަޒީރުގެ އޮފީހަށް ވަދެގެންފައެވެ.

މިީގެއިތުރުން މުޒާހަރާގެ ބައިވެރިން މިހާރުވަނީ މަޖިލިސްކުރާގޭދޮށަށް އެއްވެ އެއިމާރާތްވެސް ވަށާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން