ބޮޑުވަޒީރު ވިކްރަމަސިންހަ
ބޮޑުވަޒީރު ވިކްރަމަސިންހަ
ބޮޑުވަޒީރު ވިކްރަމަސިންހަ ވަގުތުން އިސްތިއުފާ ދެއްވަން ލަންކާގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ގޮވާލައިފިއެވެ.

ލަންކާގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުން މިކަމަށް ގޮވާލައިފައިވަނީ މިއަދު ލަންކާގެ ގާނޫނުހަދާ މަޖިލީހުގެ ވިޔަފާރި ކޮމިޓީގެ މެންބަރުންނާއިއެކު މަޖިލީހުގައި ބޭއްވި ހާއްސަ ބައްދަލުވުމެއްގައި ކުރިއަށްދިޔަ މަޝްވަރާގެ ތެރެއިންނެވެ. މި މަޝްވަރާގެ ތެރެއިން ލަންކާއަށް މިހާރު ކުރިމަތިވެފައިވާ ދަތި ހާލަތު ހައްލު ކުރުމަށް ބޮޑުވަޒީރު މަގާމުން ވީހާވެސް އަވަހަކަށް އިސްތިއުފާ ދެއްވުމަށް ބައްދަލުވުމުގެ ބައިވެރިން އެއްބަސްވެފައިވެއެވެ.

މިމަޝްވަރާޔާ ބެހޭގޮތުން ލަންކާގެ މަޖިލީހުން އާންމުކުރި ނޫސްބަޔާނެއްގައި، މަޝްވަރާތަކުގެ ނިންމުތަކާއެކު ލަންކާގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން ހުރިހާ ޕާޓީތަކެއްގެ ލީޑަރުން، ލަންކާގެ ޗީފް އޮފް ޑިފެންސް ސްޓާފާއި، ސިފައިންގެ ކޮމާންޑަރުންނާއި އިންސްޕެކްޓަރު ޖެނެރަލް އޮފް ޕޮލިސް އާއެކު މަޝްވަރާ ކުރެއްވިކަމަށް ލަންކާގެ މަޖިލީހުގެ ރައީސް ހާމަކުރައްވާފައިވެއެވެ.



މީގެއިތުރުން، މިރޭ ދަންވަރު 12 ގެ ކުރިން ރައީސް ގޮޓަބަޔަގެ އިސްތިއުފާގެ ސިޓީ ފޮނުއްވާނޭކަމަށް ރައީސް ފޯނުން ގުޅުއްވާ ވިދާޅުވިކަމަށްވެސް މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.

ލަންކާގެ ރައީސް މިއަދު އިސްތިއުފާ ދެއްވަން ނިންމަވާފައިވާކަން އިއުލާނު ކުރައްވާފައިވަނިކޮށް، ރޭ މެންދަމު ވަގުތެއްގައި ވަނީ ކުއްލި ގޮތަކަށް ރާއްޖެވަޑައިގެންފައެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރަމުން ދަނީ ރައީސް ގޮޓަބަޔާ ރާއްޖޭގައި ޓްރާންސިޓް ކުރެއްވީ ކަމަށެވެ. އަދި ގޮޓަބަޔާގެ ފަހުގެ މަންޒިލަކީ ސިންގަޕޫރު ކަމަށާއި ސިންގަޕޫރުން މިހާރުވަނީ ހިމާޔަތް ދީފައި ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން