ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ އިސްތިއުފާގެ ސިޓީ ލިބިފައިނުވާ ކަމަށް ލަންކާގެ ޕާލަމެންޓްގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދެނާ ވިދާޅުވެއްޖެ އެވެ.
ލަންކާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ކޮލަމްބޯގައި ހުންނަ ރައީސްގެ ގަނޑުވަރާއި އޮފީސް ވެސް ލަންކާގެ މުޒާހަރާގެ ބައިވެރިންގެ ބެލުމުގެ ދަށަށް ގެންދިޔުމާއި ގުޅިގެން މި މަހުގެ ނުވަވަނަ ދުވަހު ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ވަަނީ މަގާމުން އިސްތިއުފާ ދެއްވަން ނިއްމަވައި އެކަން ލަންކާގެ ޕާލަމެންޓްގެ ރައީސަށް އަންގަވާފައެވެ.
އެގޮތުން މިމަހުގެ 13 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ލަންކާގެ ރައީސް ގޮޓަބަޔަ ވަނީ ވިދާޅުވެފައެވެ. އެމުއްދަތު މިރޭ 12 ޖެހިއިރު ހަމަވެފައިވާއިރު ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ އިސްތިއުފާގެ ސިޓީ ލިބިފައިނުވާ ކަމަށް ލަންކާގެ ޕާލަމެންޓްގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދެނާ މިރޭ ވަނީ ވިދާޅުވެފައެވެ. ލަންކާގެ ރައީސް ގޮތަބަޔަ ފިއްލަވައިގެން މިހާރު ހުންނެވީ ރާއްޖޭގައެވެ.
ނަމަވެސް މިހާރު ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރަމުން ދަނީ ރައީސް ގޮޓަބަޔާ ރާއްޖޭގައި ކުރައްވަނީ ޓްރާންސިޓެއް ކަމަށާއި، ގޮޓަބަޔާގެ ފަހުގެ މަންޒިލަކީ ސިންގަޕޫރުކަމަށެވެ. އަދި ބައެއް ރިޕޯޓުތައް ބުނާގޮތުގައި، ރައީސް ގޮޓަބަޔަ އިސްތިއުފާގެ ސިޓީ ފޮނުއްވާނީ ރާއްޖެ އިން ސިންގަޕޫރަށް ވަޑައިގަތުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު