ރައީސް ގޮޓަބަޔާ ރާޖަޕަކްސާ އަދި މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދެނާ.
ރައީސް ގޮޓަބަޔާ ރާޖަޕަކްސާ އަދި މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދެނާ.
ރައީސް ގޮޓަބަޔާ ރާޖަޕަކްސާގެ އިސްތިއުފާގެ ސިޓީ އަދި ހަވާލުނުކުރައްވާ ކަމަށް މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދެނާ މިއަދު ވިދާޅުވެއްޖެ އެވެ.



ރައީސް ގޮޓަބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމަށް ކުރިން އިއުލާން ކުރެއްވި ގޮތަށް އިއްޔެ އިސްތިއުފާ ދެއްވާނެ ކަމަށް ބެލެވުނެވެ. އަދި ރައީސް ވަނީ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދެނާ އަށް ގުޅުއްވާ ރޭ 12 ޖެހުމުގެ ކުރިން އިސްތިއުފާ ސިޓީ ފޮނުއްވާނޭކަމަށްވެސް ވިދާޅުވެފައެވެ.



ސްރީލަންކާގެ ސިޔާސީ މަޝްރަހު ހޫނުވެ އާންމުން ނިކުމެ ރައީސްގެ ގެކޮޅާއި ބޮޑުވަޒީރު އޮފީސް ހިސާރު ކުރުމާއިއެކު ލަންކާގެ ރައީސް ގޮޓަބަޔަ ވަނީ ލަންކާ ދޫކުރައްވާ ފިއްލަވައިގެން ރާއްޖެވަޑައިގެންފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ރައީސް ގޮޓަބަޔަ ދެން ވަޑައިގަންނަވާނީ ސިންގަޕޫރަށެވެ. އަދި ސިންގަޕޫރަށް ވަޑައިގަތުމަށްފަހު އިސްތިއުފާގެ ސިޓީ ހަވާލު ކުރައްވާނެ ކަމަށްވެސް ބޭރުގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.



ނަމަވެސް އަދި ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ސިންގަޕޫރަށް ފުރާވަޑައެއް ނުގަންނަވައެވެ.



ރިޕޯޓްތައް ބުނާގޮތުން ސަލާމަތީ ކަންބޮޑުވުންތަކާ ހެދި ރައީސް ގޮޓަބަޔަ ދަނީ ސިންގަޕޫރަށް ފުރާވަޑައިގަންނަވާނެ ޕްރައިވެޓް ޖެޓަކަށް އިންތިޒާރު ކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


4

އަލީބާ

15-Jul-2022

ހަވާލު ކުރި އެކަމަކު އޮޅިގެން އަބްދުﷲ ޝާހިދު އާ ހަވާލު ކުރެވުނީ



ޓްރެންޑިން