ބާސެލޯނާއަށް ކުޅޭ ފްރާންސްގެ ހުނަރުވެރި ތަރި އުސްމާނޫ ޑެމްބެލޭ އިތުރު 2 އަހަރު އެ ކްލަބުގައި މަޑުކުރަން ނިންމައިފިއެވެ.

ބާސެލޯނާގައި މަޑުކުރަން ޑެމްބެލޭ ނިންމާފައިވާކަން އިއުލާންކޮށްފައިވާއިރު، އޭނާ ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުން ވަނީ މިދިޔަ ޖޫންމަހުގެ ނިޔަލަށް ހަމަވެފައެވެ. އެއްބަސްވުން ހަމަވުމުގެ ކުރިން އައު އެއްބަސްވުމެއް ހެދުމަށް ދެ ފަރާތުން ކުރި މަޝްވަރާތައް އެތައް ފަހަރެއްގެ މަތިން ވަނީ ނާކާމިޔާބުވެގެން ހުއްޓާލަންޖެހިފައެވެ. މިކަންކަމާއި ހުރެ ގިނަ ބަޔަކު ޤަބޫލުކޮށްގެން ތިބީ އަންނަ ސީޒަނުގައި ޑެމްބެލޭ ފެންނާނީ އެހެން ޓީމަކުންކަމަށެވެ.

25 އަހަރުގެ ޑެމްބެލޭ ހޯދުމަށް ޗެލްސީއާއި ޕީއެސްޖީންވެސް މަސައްކަތްކުރިއެވެ. ނަމަވެސް ޑެމްބެލޭ އަބަދުވެސް ބުނަމުންދިޔައީ އޭނާ އިސްކަން ދެނީ ބާސެލޯނާގައި މަޑުކުރުމަށްކަމަށެވެ.



ޑެމްބެލޭ ބާސެލޯނާއަށް ސޮއިކުރީ 2017 ވަނަ އަހަރު ޖަރުމަންވިލާތުގެ ބްރޫޝިއާ ޑޯޓްމަންޑުން 100 މިލިއަން ޔޫރޯގެ އަގަކަށެވެ.

އަންނަ ސީޒަނަށް ބާސެލޯނާ ވަރުގަދަކުރުމަށް އެ ޓީމުން ދަނީ ގިނަ ކުޅުންތެރިންތަކެއް ހޯދަމުންނެވެ. އެގޮތުން މިހާތަނަށް ގުޅުނު ކުޅުންތެރިންގެ ތެރޭގައި މިދިޔަ ސީޒަނުގައި ޗެލްސީއަށް ކުޅުނު ޑިފެންޑަރު ކްރިސްޓެންސަންއާއި އޭސީ މިލާނަށް ކުޅުނު މިޑްފިލްޑަރު ކެސީ ހިމެނެއެވެ. މި ކުޅުންތެރިންގެ އިތުރުން ބަޔާންގެ ލެވަންޑޮސްކީއާއި ލީޑްސްގެ ރަފީނިއާ ހޯދުމަށްވެސް ބާސެލޯނާއިން ދަނީ މަސައްކަތްކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން