ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ، ސިންގަޕޫރުން ހިމާޔަތް ހޯއްދަވަން އެދިވަޑައިގެންފައި ނުވާކަމަށާއި އަދި ހިމާޔަތް ދީފައިވެސް ނުވާކަމަށް ސިންގަޕޫރު ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން މިއަދު ބުނީ ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސައަށް އެގައުމަށް އެތެރެވީ އަމިއްލަ ދަތުރުފުޅެއްގައި ކަމަށެވެ. އަދި އެމަނިކުފާނު ސިންގަޕޫރުގެ ހިމާޔަތް ހޯދުމަށް އެދިވަޑައިގެންފައި ނުވާކަމަށްވެސް ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން ވަނީ ކަށަވަރު ކޮށްދީފައެވެ.



އަދި ރައީސް ގޮޓަބަޔަ އަށް ހިމާޔަތް ދީފައި ނުވާނެކަމަށްވެސް ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ސްރީލަންކާގެ ސިޔާސީ މަޝްރަހު ހޫނުވެ އާންމުން ނިކުމެ ރައީސްގެ ގެކޮޅާއި ބޮޑުވަޒީރު އޮފީސް ހިސާރު ކުރުމާއިއެކު ލަންކާގެ ރައީސް ގޮޓަބަޔަ ވަނީ ލަންކާ ދޫކުރައްވައި ފިއްލަވައިގެން ރާއްޖެވަޑައިގަތުމަށްފަހު، މިއަދު މެންދުރުފަހުގެ ވަގުތެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ.

އޭޕީ ނިއުސް އެޖެންސީއާ ވާހަކަދައްކަވަމުން ދިވެހި ސަރުކާރުގެ އޮފިޝަލެއް ވިދާޅުވީ ގޮޓަބަޔާ ސިންގަޕޫރަށް ވަޑައިގަތުމަށްފަހު، ސިންގަޕޫރު މަގުން ދެން ވަޑައިގަންނަވާނީ ސައުދީ އަރަބިއްޔާގެ ޖިއްދާއަށްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން