މަކުނު ވިދުރި (މަންކީޕޮކްސް) ގެ އަލާމާތްތައް ފެނިގެން އިންޑިއާއިން ޓެސްޓް ކުރި މީހަކު އެ ބައްޔަށް ޕޮޒިޓިވް ވެއްޖެއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނެފައިވަނީ، މަކުނު ވިދުރީގެ އަލާމާތްތައް ފެނިގެން ކެރެލާގެ ހޮސްޕިޓަލެއްގައި އެނދުމަތިކޮށްގެން ފަރުވާ ދޭން ފެށި މީހާ އެ ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. އޭނާއަކީ، ޔޫއޭއީން މީގެ ތިން ދުވަސް ކުރިން ޓްރިވެންޑްރަމް އެއަރޕޯޓުން އެ ގައުމަށް އެތެރެވި ފިރިހެނެއް ކަމަށް ވެސް ރިޕޯޓުތައް ބުނެފައިވެއެވެ.

މިއީ އިންޑިއާއިން މި ބަލި ޖެހިފައިވާ މީހަކު ފެނުނު ފުރަތަމަ ފަހަރެވެ. ޔޫރަޕްގެ ގައުމުތަކުގައި މިބަލި ފެތުރެމުން ދިޔަ ނަމަވެސް މިއީ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައެއް ނުވެއެވެ. އެޖަމިއްޔާއިން ބުނެފައިވަނީ ނުރައްކާވާ ހާލަތަށް މަކުނު ވިދުރި ފެތުރެން ފަށާފާނެ ކަމަށް ނުބެލެވޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން