އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ އަނބިކަނބަލުން އަދި އޭނާގެ އެންމެ ދޮށީ ތިން ދަރިންގެ މަންމަ، އިވާނާ ޓްރަމްޕް އުމުރުން 73 އަހަރުގައި ބުރާސްފަތި ދުވަހު މަރުވެއްޖެ ކަމަށް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވައިފިއެވެ.
އިވާނާ އަކީ މަޝްހޫރު ޓްރަމްޕް ޓަވަރު ހިމެނޭ ގޮތަށް ޓްރަމްޕްގެ ބައެއް ވިޔަފާރިތައް ކުރިއެރުވުމަށް އިސްރޯލެއް އަދާކުރެއްވި ކަނބަލެކެވެ.
"ނިއުޔޯކް ސިޓީގައި ހުންނަ އޭނާގެ ގޭގައި އިވާނާ ޓްރަމްޕް މަރުވިކަން އޭނާދެކެ ލޯބިވި ހުރިހާ ފަރާތްތަކަށް އަންގައިދެނީމި ވަރަށް ހިތާމައާއެކު،" ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރޫތު ސޯޝަލްގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
ޓްރަމްޕާއި އިވާނާ ކައިވެނި ބައްލަވައިގަނެފައިވަނީ 1977 ވަނަ އަހަރު އެވެ. އަދި 1992 ވަނަ އަހަރު ވަކިވެވަޑައިގެންނެވިއިރު މި ދެމަފިރިންނަށް ތިން ކުދިން؛ ލިބިވަޑައިގެންފައިވެއެވެ. އެއީ ޑޮނަލްޑް ޖޫނިއާ، އިވާންކާ އަދި އެރިކް އެވެ.
އިވާނާގެ މަރާއި ގުޅިގެން ޓްރަމްޕްގެ އާއިލާގެ ބަޔާނުގައި ވެސް އަދި ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕޯސްޓުގައި ވެސް އޭނާ މަރުވި ސަބަބު ބަޔާންކޮށްފައި ނުވި ނަމަވެސް ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ އިވާނާ މަރުވެފައި އޮއްވާ ފެނުނީ އޭނާގެ އެޕާޓްމަންޓްގެ ތެރޭގައި ހުރި ސިޑިމަތީގައި ކަމަށާއި ގަސްތުގައި އަނިޔާއެއް ދީފައިވާކަމަށް ޝައްކު ނުކުރެވޭ ކަމަށެވެ.
ނަން ހާމަނުކުރުމަށް އެދުނު ފުލުހަކާ ހަވާލާދީ ނިއުޔޯކް ޓައިމްސް އިން ބުނީ އެއީ އެކްސިޑެންޓެއް ކަމަށް ފެންނަ ކަމަށާއި ސިޑިން ވެއްޓިފައިވާކަމަށް ބެލެވޭ ކަމަށެވެ.
ނަމަވެސް ނިއުޔޯކުގެ ފަޔަރ ޑިޕާޓްމަންޓުން ހާމަކޮށްފައިވާގޮތުގައި އިވާނާގެ އެޕާޓްމަންޓަށް ޕެރެމެޑިކްސް އިން ދިޔައީ މީހަކު ހިތް ހުއްޓިގެން ކުރި އެމަރޖެންސީ ކޯލް އަކަށެވެ.

ކިޔުންތެރިންގެ ހިޔާލު