ލަންކާއަށް އެހީ ފޯރުކޮށްދިނުމާމެދު އަލުން މަޝްވަރާތައް ފެށުމަށް ލަންކާގައި ސުލްހަވެރިކަން ގާއިމުކުރުމަށް އައިއެމްއެފުން ގޮވާލައިފިއެވެ.

ލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގުތިޞާދީ ދަތިކަމާއި، އެކަމުގެ ސަބަބުން ލަންކާގެ ރައްޔިތުންނަށް ކުރަމުންދާ އަސަރާއި، ޚާއްސަކޮށް ލަންކާގެ ފަގީރުންނާއި ނާޒުކު އާބާދީއަށް ކުރާ އަސަރުތަކާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ވަނީ ހާމަކޮށްފައެވެ.



"އަޅުގަނޑުމެން އުންމީދު ކުރަނީ އައިއެމްއެފްގެ ސަޕޯޓު ޕްރޮގްރާމާ ބެހޭ ގޮތުން މަޝްވަރާތައް އަލުން ފެށުމަށްޓަކައި މިހާރުގެ ހާލަތު ހައްލުވާނެ ކަމަށް،" އައިއެމްއެފްގެ ކޮމިއުނިކޭޝަންސް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެރީ ރައިސް ވިދާޅުވި އެވެ.



"ކަމާބެހޭ ފަރާތްތަކާއެކު ސަޕޯޓް ޕްރޮގްރާމްގެ މަތީ ފެންވަރުގެ މަޝްވަރާތައް ފަށަން ޖެހޭ އެބަ. އަޅުގަނޑުމެން އަނެއްކާވެސް އުންމީދު ކުރަން، މިކަންކަން ވީހާވެސް އަވަހަކަށް އަލުން ފެށޭނެ ކަމަށް. އެހެންވީމާ، އެނގިވަޑައިގަންނަވާނެ ފަދައިން ދަތި ހާލަތެއްގައިވެސް އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރެވޭނެ ގޮތެއް ބަލަމުން މިދަނީ،" އޭނާ އިތުރަށް ވިދާޅުވި އެވެ.



މީގެއިތުރުން، އެހީ ހޯދުމަށް ބޯޑުން ފާސްކުރުމަށް ބަލާއިރު، ލަންކާގެ ދައުލަތުގެ ދަރަނި ވަޒަން ކުރެވެނީ ދިގުމުއްދަކަށް ދެމެނުހެއްޓޭނެ ދަރަންޏެއްގެ ގޮތުގައި ކަމަށާއި، އަދި މިއީ އައިއެމްއެފްގެ ކޮންމެ ޕްރޮގްރާމެއްގައިވެސް ކަން އޮތްގޮތް ކަމަށާއި، މިއީ ހަމައެކަނި ލަންކާގެ މައްސަލައެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އަދި އަޅުގަނޑުމެން މިތިބީ އެ މަރުހަލާގައި ނޫން، އެކަމަކު ބޯޑުން ފާސްކޮށް، އެހީގެ ޕްރޮގްރާމެއް ގާއިމުކުރުމަށް، ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި އަދާކުރެވޭނެކަމުގެ އެކަށީގެންވާ ޔަގީންކަމެއް ދޭންޖެހޭނެ،" ރައިސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން