ސްރީލަންކާގެ ވަގުތީ ރައީސެއްގެ މަގާމަށް، އެގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ އައްޔަންކޮށް، މަގާމުގެ ހުވާ ކުރައްވައިފި އެވެ.

ލަންކާގެ ވަގުތީ ރައީސްކަމުގެ މަގާމަށް ރަނިލް އައްޔަންކޮށްފައި މިވަނީ އެ މަގާމުގައި ހުންނެވި ގޮތަބަޔާ ރާޖަޕަކްސަ ރޭގެ ވަގުތެއްގައި އިސްތިއުފާދެއްވުމުންނެވެ.

ލަންކާގެ ވަގުތީ ރައީސްގެ މަގާމުގެ ހުވާ ރަނިލް ކުރެއްވީ ލަންކާ ގަޑިން މެންދުރު 12:30 ކަންހާއިރު އެގައުމުގެ އުއްތަމަ ފަނޑިޔާރުގެ ކުރިފުޅުމަތީގައެވެ.



ގޮތަބަޔާ އިސްތިއުފާދެއްވުމުން ވަގުތީ ރައީސެއްގެ މަގާމަށް ރަނިލް އައްޔަންކޮށްފަައިވާއިރު، ލަންކާގެ ބޮޑު ވަޒީރުކަމުގެ މަގާމަށް އޭނާ މިދިޔަ މޭމަހު އައްޔަންކުރީ ބޮޑުވަޒީރަކަށް ހުންނެވި މަހިންދަ ރާޖަޕަކްސަ އިސްތިއުފާދެއްވުމުންނެވެ.

ލަންކާގައި ވަގުތީ ރައީސެއް އައްޔަންކޮށްފައިވާއިރު، އެމަގާމަށް ރަސްމީކޮށް އައްޔަންކުރާނެ ބޭފުޅެއް ކަނޑައެޅުމުގެ މަސައްކަތް ގާނޫނު ހަދާ މަޖިލީހުން ވަނީ މިހާރު ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން