ބަޔަކު މީހުން ނުރުހުނަސް އަދާލަތު ޕާޓީ އޮތީ ކުޑަކޮށްވެސް ފަހަތަށް ޖެހޭގޮތަކަށް ނޫންކަމަށް އެ ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އިސްލާމް ދީނަށް އެންމެ ބޮޑު ހިދުމަތެއް ކޮށްދިން ބަޔަކީ އަދާލަތު ޕާޓީކަމަށް އިމްރާން ވިދާޅުވުމުން ގިނަ ބަޔަކު އޭނާއަށް ފާޑުކިޔަމުން ދަނިކޮށް މިއަދު އިމްރާން ވިދާޅުވީ، ބަޔަކު ކިތަންމެ ނުރުހުނަސް އަދާލަތު އޮތީ ކުޑަކޮށްވެސް ފަހަތަށް ޖެހޭ ގޮތަށް ނޫން ކަމަށެވެ. އަދި އިސްލާމް ދީނުގެ ފުރިހަމަ މަފްޙޫމްގައި ސިޔާސީ މަސައްކަތުގައި އަދާލަތު ދާނީ ބާރަށް ކުރިޔަށް ކަމަށް ވެސް އިމްރާން މިއަދު ވިދާޅުވިއެވެ.
އަދާލަތު ޕާޓީއަކީ ސަރުކާރުގެ "ލާދީނީ" ކަންކަމަށް ފަސްއަޅައިދޭން އޮންނަ ''އުދައްޔެއް'' ގެ ގޮތުގައި ޖަމިއްޔަތުއް ސަލަފްގެ ރައީސް ޝެއިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވަނީ ސިފަކުރަށްވާފައެވެ. މީގެ އިތުރުން އިމްރާނަށް ރައްދު ދެއްވަމުން ޝައިޚް ޢަބްދުﷲ ސައުދާން ވަނީ، އަދާލަތު ޕާޓީގެ ޒައާމަތުގައި ތަހުގީގީ އިދާރާއާއި، ތަންފީޒީ އިދާރާ ލިބިފައި އޮތް އިރު ވެސް މި ގައުމުގެ އިސްލާމީ ދީނީ، އަހުލާގީ، އިޖްތިމާއީ، ފޭރާން ވީދި ނިމި، ހުސްވެގެން ގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި 2023 ކައިރި ވުމުން ދީނީ ކާޑައިގެން ނިކުތަސް ދެން އެކަން ބަލައެއް ނުގަންނާނެކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އެ ފާޑުކިޔުންތަކަށް އިމްރާން މީގެ ކުރިން ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރާ ބަޔަށް ބެލިޔަސް ނުވަތަ 2005 އިން ފެށިގެން މިހާތަނަށް ބެލިޔަސް އަދާލަތުގެ އިލްމުވެރިންނަށްވުރެ ދީނަށް ހިދުމަތްކުރި ޕާޓީއެއް ނުވަތަ ޖަމާއަތެއް މި ރާއްޖޭގައި ނެތްކަމަށެވެ. ގަބޫލުކުރެވުނަސް ނުކުރެވުނަސް މިއީ ހަގީގަތްކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

Bayaku meehun kithanme nuruhunas(insha Allah) adhaalath othee kudakohves fahathah jehey gothakah noon.Islaam dheenuge furihama mafhoom gai siyaasee masahkathugai adhaalath dhaanee baarah kuriyah IA
— Imran Abdulla (@ShimranAb) July 15, 2022
އަދާލަތު ޕާޓީއަކީ ސަރުކާރުގެ "ލާދީނީ" ކަންކަމަށް ފަސްއަޅައިދޭން އޮންނަ ''އުދައްޔެއް'' ގެ ގޮތުގައި ޖަމިއްޔަތުއް ސަލަފްގެ ރައީސް ޝެއިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވަނީ ސިފަކުރަށްވާފައެވެ. މީގެ އިތުރުން އިމްރާނަށް ރައްދު ދެއްވަމުން ޝައިޚް ޢަބްދުﷲ ސައުދާން ވަނީ، އަދާލަތު ޕާޓީގެ ޒައާމަތުގައި ތަހުގީގީ އިދާރާއާއި، ތަންފީޒީ އިދާރާ ލިބިފައި އޮތް އިރު ވެސް މި ގައުމުގެ އިސްލާމީ ދީނީ، އަހުލާގީ، އިޖްތިމާއީ، ފޭރާން ވީދި ނިމި، ހުސްވެގެން ގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި 2023 ކައިރި ވުމުން ދީނީ ކާޑައިގެން ނިކުތަސް ދެން އެކަން ބަލައެއް ނުގަންނާނެކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އެ ފާޑުކިޔުންތަކަށް އިމްރާން މީގެ ކުރިން ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރާ ބަޔަށް ބެލިޔަސް ނުވަތަ 2005 އިން ފެށިގެން މިހާތަނަށް ބެލިޔަސް އަދާލަތުގެ އިލްމުވެރިންނަށްވުރެ ދީނަށް ހިދުމަތްކުރި ޕާޓީއެއް ނުވަތަ ޖަމާއަތެއް މި ރާއްޖޭގައި ނެތްކަމަށެވެ. ގަބޫލުކުރެވުނަސް ނުކުރެވުނަސް މިއީ ހަގީގަތްކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު