މާލެ ސިޓީ ހައިވޭގެ ބައެއް ސަރަހައްދުތަކަށް އުދައަރާފައިވާތީ ދުއްވާ މީހުން ސަމާލު ވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހައިވޭގެ "ހުޅުމާލެ އިން މާލެ އަށް އަންނަ ލޭނަށް" އުދައާއެކު ވެއްޔާއި އަކިރިވަނީ އަރާފައެވެ. އެހެންކަމުން އެލޭނުން ދުއްވާ ފަރާތްތަކަށް ލިބިދާނެ ގެއްލުމަކަށް ސަމާލުވުމަށް ފުލުހުން މިއަދު ވަނީ އިލްތިމާސް ކޮށްފައެވެ.
މިއަދު މެންދުރު ފަހުގެ ވަގުތެއްގައި މާލޭގެ ބައެއް ސަރަހައްދުތަކަށް ވަނީ އުދަ އަރާފައެވެ. އެގޮތުން މާލޭގެ ރާޅުގަނޑު ސަރަހައްދާއި އެ ސަރަހައްދުގެ ބޭރު މަގަށްވެސް ލޮނުގެ އަސަރު ކޮށްފައިވާއިރު، އާއްމުކޮށް ރާޅު އަރާ ކާނިވާ ސަރަހައްދާއި، އާޓިފިޝަލް ބީޗް ސަރަހައްދާއި އަދި އިންޑަސްޓްރިއަލް ޒޯން ސަރަހައްދަށްވެސް މިއަދުވަނީ އުދަ އަރާފައެވެ.
މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާފައިވާއިރު، މިއަދު އިރުއޮއްސުމާއި ހަމައަށް ވެސް އެކި ރަށްރަށަށް އުދަ އަރާނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިންވަނީ ވައިޓް އެލަރޓް ނެރެފައެވެ.

އެއާޕޯޓު ލައިޓުގެ ހުޅުމާލެ އިން މާލެ އަށް އަންނަ ފަޅިއަށް އުދަޔާއެކު ވެއްޔާއި އަކިރި އަރާފައިވާތީ، ހުޅުމާލެ އާއި ހުޅުލެއިން މާލެ އަށް ދަތުރުކުރައްވާ ފަރާތްތަކުން ރައްކާތެރިވެ ސަމާލުވުމަށް ދަންނަވަން pic.twitter.com/HhdrFUexQt
— Maldives Police (@PoliceMv) July 15, 2022
މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާފައިވާއިރު، މިއަދު އިރުއޮއްސުމާއި ހަމައަށް ވެސް އެކި ރަށްރަށަށް އުދަ އަރާނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިންވަނީ ވައިޓް އެލަރޓް ނެރެފައެވެ.
ކިޔުންތެރިންގެ ހިޔާލު