އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިރޭ ކްލަބު ޓީނޭޖް އަތުން 2-1 އިން ކުރިހޯދައި، ވާދަވެރި ފުރަތަމަ މެޗުން ނިއުއަށް 3 ޕޮއިންޓް ލިބިއްޖެއެވެ.
މިރޭ ކުޅުނު މި މެޗްގައި ފުރަތަމަ ހާފުގައި މެޗްގެ ފުރަތަމަ ގޯލް ޖަހާފައިވަނީ ނިއުރޭޑިއެންޓެވެ. މި ގޯލް ނިއުއަށް ޖަހައިދިނީ މެޗްގެ 14 ވަނަ މިނެޓްގައި ގާނާ ފޯވާޑް ކޯފޫ އޮވޫސޫއެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ އެ ސްކޯގައެވެ. ނަމަވެސް، ދެ ވަނަ ހާފުގެ 6 ވަނަ މިނިޓްގައި ޓީނޭޖުގެ އަޙްމަދު އަލީ އަފީފީ ގޯލެއްޖަހާ އެއްވަރުކުރިއެވެ. އެއަށްފަހު ނިއުގެ ކުޅުން އިތުރަށް ރަނގަޅުކޮށް އިތުރު ގޯލެއް ޖަހާ ލީޑް ނެގިއެވެ. މެޗްގެ 72 ވަނަ މިނެޓް ތެރޭ އެ ގޯލް ވެސް ޖަހައިދިނީ ކޯފޫ އޮވޫސޫއެވެ.
މަޝްހޫރު ކޯޗް ސޮބާހު މުހައްމަދު (ސޮބާ) ގެ އިރުޝާދުގެ ދަށުން ކުޅުނު މި މެޗް ނިއު އިން ނިންމާލީ އެ ސްކޯގައި ބާއްވައިގެން ފުރިހަމަ 3 ޕޮއިންޓާ އެކުއެވެ.
ދަރަނީގެ މައްސަލާގައި ސަސްޕެންޑްކޮށްފައި އޮތުމަށްފަހު 3 އަހަރު ފަހުން އަލުން ފުޓްބޯޅައިގެ ތެރެއަށް ވަދެފައިވާ ނިއުއިން އެންމެފަހުން ރަސްމީ މެޗަކުން މޮޅުވީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 30 ގައި އެ ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުންނެވެ.

ކިޔުންތެރިންގެ ހިޔާލު