ފޮޓޯ: ޓްވިޓާ
ފޮޓޯ: ޓްވިޓާ
މިހާރު ރާއްޖޭގައި ކުރިއަށްދާ އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުން ރާއްޖޭގެ އަޒުނީން ރަޝާދު ރަން މެޑަލް ހޯދައިފިއެވެ.

ރާއްޖޭގައި މިއަދު ފެށި އޭޝިއާ ބޮޑީ ބިލްޑިން މުބާރާތުގައި ސްޕޯޓް ފިޒިކް 170 ސީއެމް ކެޓަގަރީގެ ފައިނަލުގައި އަޒްނީނާ ވާދަ ކުރީ އިންޑިއާ އަދި ޕާކިސްތާންގެ އެތުލީޓުންނެވެ. އަޒްނީން ރަންމެޑަލް ހޯދީ ދެ އެތުލީޓުން ފަހަތަށް ޖައްސާލުމަށް ފަހުއެވެ.

އަޒްނީން ވަނީ ދެކުނު ކޮރެއާގައި 2019 ވަނަ އަހަރު ބޭއްވި 11 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ ފިރިހެނުންގެ ސްޕޯޓްސް ފިޒީކް 170 ސެންޓިމީޓަރު ބައިން ލޯ މެޑެލް ހާސިލުކޮށްފައެވެ.



މީގެ އިތުރުން އޭނާ ވަނީ ނޭޕާލުގެ ކަތުމަންޑޫގައި 2019 ވަނަ އަހަރު ބޭއްވި 12 ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ 170 ސެންޓިމީޓަރު ބައިން ރަން މެޑެއްޔާއި، އިންޑޮނީޝިއާގެ ބަތަމުގައި 2019 ވަނަ އަހަރު ބޭއްވި 53 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ ފިރިހެނުންގެ ސްޕޯޓްސް ފިޒީކް 170 ސެންޓިމީޓަރު ބައިން ހަތަރުވަނަވެސް ހޯދާފައެވެ.

މި މުބާރާތުން އިތުރު ވަނައެއްވެސް ރާއްޖެއަށް މިރޭ ވަނީ ލިބިފައެވެ. މި މުބާރާތުގައި ރާއްޖޭގެ މުހައްމަދު އިމްރާން ވަނީ އޯވާ 180 ސީއެމް ކެޓަގަރީން ބްރޯންޒް މެޑަލް ހޯދާފައެވެ.

މީގެ ކުރިން 2017 ވަނަ އަހަރު ވެސް ވަނީ މި މުބާރާތުން ރާއްޖެއަށް ރަން މެޑަލެއް ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން