ސްރީލަންކާގައި ކުއްލި ހާލަތު މިއަދު އިއުލާން ކޮށްފިއެވެ.

ސްރީލަންކާގައި އާ ރައީސަކު އިންތިޚާބު ކުރުމަށް މި ހަފްތާގެ ފަހުކޮޅު މަޖިލީހުގައި ނަގަން ހަމަޖެހިފައިވާ ވޯޓު ނެގުމުގެ ކުރިން، ކުރިމަތިވެދާނެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން ކުރާ މަސައްކަތުގެ ތެރެއިން، އެކްޓިން ރައީސް ރަނިލް ވިކްރަމަސިންހަ ވަނީ އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އާދީއްތަ ދުވަހުގެ ރޭ އިއުލާންކޮށް ގެޒެޓް ކުރައްވާފަ އެވެ.



އިގްތިސާދީ ހާލަތު ގޯސްވެފައިވާ ލަންކާގެ ސަރުކާރާ ދެކޮޅަށް އާންމު މުޒާހަރާތައް ވަރުގަދަވެ، އޭޕްރީލް މަހުން ފެށިގެން ލަންކާގެ އިސްވެރިންވަނީ ވަނީ އެތައް ފަހަރަކު ކުއްލި ނުރައްކަލުގެ ހާލަތު ތަންފީޒުކޮށްފަ އެވެ.



"(ކުއްލި ހާލަތު އިއުލާން ކުރުން) މިއީ ފައިދާހުރި ކަމެއް. މިއީ އާންމު ރައްކާތެރިކަމުގެ މަސްލަހަތަށްޓަކައި، އާންމު ދިރިއުލުން ހިމާޔަތްކުރުމާއި މުޖުތަމައުގެ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ސާމާނާއި ހިދުމަތްތައް ބެލެހެއްޓުމަށް އަޅާ ފިޔަވަޅެއް،" ކުއްލި ހާލަތު އިއުލާން ކުރުމަށް ނެރުނު ބަޔާނުގައިވެއެވެ.

ވިކްރަމަސިންހަ ވަނީ މިދިޔަ ހަފްތާގައިވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައެވެ. އޭރު ކުއްލި ހާލަތު އިއުލާން ކުރެއްވީ، ރައީސް ގޮޓަބަޔާ ރާޖަޕަކްސާގެ ސަރުކާރާ ދެކޮޅަށް ހިންގަމުން ގެންދިޔަ މުޒާހަރާތަކުގައި ރުޅިގަދަވެފައި ތިބި ރައްޔިތުންނަށް ފިއްލަވައިގެން އެގައުމުން ބޭރަށް ވަޑައިގެންފައިވަނިކޮށެވެ. ނަމަވެސް އޭރު އިއުލާން ކުރި ކުއްލި ނުރައްކާ ރަސްމީކޮށް އަންގައި، ގެޒެޓު ކޮށްފައެއް ނުވެއެވެ.

މިދިޔަ ހުކުރު ދުވަހު އެކްޓިން ރައީސްގެ މަގާމް ހުވާކުރެއްވި ވިކްރަމަސިންހަ، ރޭ އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވިއިރު، އޭގެ އިތުރު ތަފްސީލެއް އަދި ސަރުކާރުން އިއުލާން ނުކުރާކަމަށް ރިޕޯޓުތައް ބުނެއެވެ. މިހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮންނާނީ ކިތައް ދުވަހަށް ކަމާއި، މިކަމާގުޅިގެން އެޅިފައިވާ ހާއްސަ ގަވާއިދުތަކަކީ ކޮބައިކަން އަދި ސާފެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން